ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
މަސްތުވާތަކެތި ބޭނުންކުރާ މީހުންގިނަ، ފަރުވާދޭ މަރުކަޒުގެ ޖާގަކުޑަ
ޚަބަރު

މަސްތުވާތަކެތި ބޭނުންކުރާ މީހުންގިނަ، ފަރުވާދޭ މަރުކަޒުގެ ޖާގަކުޑަ

މމުހައްމަދު އަލީ7 ޖެނުއަރީ 2025
ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ ބޭނުންކުރާ މީހުންގެ އަދަދު ގިނަކަމާއި އެހެންނަމަވެސް އެމީހުންނަށް ފަރުވާދޭ މަރުކަޒުގެ ޖާގައިގެ ދަތިކަން ބޮޑުކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއަރޕާސަން ލުބްނާ ޒާހިރު ހުސައިން ވިދާޅުވެއްޖެ އެވެ. ލުބްނާ ވިދާޅުވީ ރިހެބިލިޓޭޝަން ސެންޓަރު އެންމެ ފުރަތަމަ 1997 ވަނަ އަހަރު ބިނާ ކުރީއްސުރެން މިއަދާ ހަމައަށް އިމާރާތަށް ނުވަތަ ޖާގައަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމަށެވެ. އެއީ އެންޑީއޭގެ ފަރުވާގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށް ލުބުނާ ވިދާޅުވިއެވެ. ލުބްނާ ވިދާޅުވީ، ރާއްޖޭގެ މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، ރީހެބް ސެންޓަރުގެ ސްޓްރަކްޗާ ބަދަލުކޮށް، ޖާގަ އިތުރު ކޮށްގެން ހިންގުން ހަރުދަނާ ކުރުމުގެ މަސައްކަތަށް މިއަހަރު ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުން ފަރުވާގެ ނިޒާމަށް ވެއްދުމަށް ޚާއްސަ އޮޕަރޭޝަނެއް އެންޑީއޭއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު 22 ވަނަ ދުވަހު ފަށައިފަ އެވެ. މި އޮޕަރޭޝަން ނިންމާލާނެ ވަކި ތާރީޚެއް ކަނޑައަޅާފައިނުވެއެވެ. މަގުމަތީގައި ސަލާންޖަހަން އުޅޭ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ވައްކަމާއި ފޭރުމުގައި ހަރަކާތްތެރިވާ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި މަގުމަތީ މަސްތުގެ ހާލަތުގައި އުޅޭ މީހުންގެ އިތުރުން މިސްކިތްތަކުގައި ނިދާ މަގުމަތިވެފައިވާ މީހުން ފަރުވާ ނިޒާމަށް ގެނެސް، އެ މީހުންނަށް ބޭނުންވާ ފަރުވާ މި އޮޕަރޭޝަންގެ ދަށުން  ދެވޭނެއެވެ. ރާއްޖޭގައި ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރު ނުވަތަ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ ސެންޓަރުތައް ހުންނަނީ ކ. ހިންމަފުއްޓާއި ހުޅުމާލޭގައެވެ. ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދެއްވައިގެން ހައްލުކުރަން ބޭނުންވާ އިޖުތިމާޢީ މައްސަލަތަކުގެ ތެރޭގައި މަސްތުވާތަކެތީ ވަބާއިން ދިވެހިން ސަލާމަތްކުރުން ހިމެނެއެވެ.  

ގުޅުންހުރި ޚަބަރު