ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ދަނޑުވެރީންނަށް އޮތީ އުފާފާގަތިކަން: ރައީސް
ޚަބަރު

ދަނޑުވެރީންނަށް އޮތީ އުފާފާގަތިކަން: ރައީސް

މމުހައްމަދު އަލީ8 ޖެނުއަރީ 2025
ރާއްޖޭގެ ދަނޑުހައްދާ ދަނޑުވެރީންނަށްއޮތީ އުފާގަތިކަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ގއ. ނިލަންދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވީ ވާހަކަފުޅުގައި ރައީސް ވިދާޅުވީ އަމާޒަކީ، ދަނޑުވެރިކަމުގެ ސިނާއަތުގެ ހިންގުން ހަރުދަނާކުރެއްވުން ކަމަށެވެ. ރާއްޖެއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ކާބޯތަކެތި ހެއްދުމުގެ މަސައްކަތްވެސް މިހާރު ސަރުކާރުން ފަށައިފައިވާ ކަމަށް ރައީސް ވިދާޅިވިއެވެ. އެގޮތުން އެކަމަށް އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ދަނޑުވެރިކަމަކީ ރާއްޖޭގެ އިގްތިސާދު ސިންދަފާތުކުރުމަށް ބަލާއިރު ވަރަށް ބޮޑަށް ސަމާލުކަން ދެއްވާ ދާއިރާއެއްކަމަށެވެ. އެހެންކަމުން ނިލަންދޫގެ ދަނޑުވެރިންނާއި، ޖުމުލަކޮށް ރާއްޖޭގެ ދަނޑުވެރިންނަށް ދަނޑުވެރި އުފެއްދުންތަކުން ނަފާހޯދޭނޭކަމަށް ރައީސް ވިދާޅުވިއެވެ.  

ގުޅުންހުރި ޚަބަރު