ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ހުވަދުއަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި
ޚަބަރު

ހުވަދުއަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

މމުހައްމަދު އަލީ9 ޖެނުއަރީ 2025
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުވަދުއަތޮޅު އުތުރުބުރިއާއި ދެކުނުބުރީގެ ނުވަ ރަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވަވާފައި މިއަދު މާލެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ރައީސް އިސްކަން ދެއްވާފައިވަނީ، މީގެ ކުރިން ހުވަދުއަތޮޅުން ވަޑައިނުގެންނެވި ހުރި ރަށްރަށަށް، ވަޑައިގަތުމަށެވެ. އަދި ކުރީން ބައްދަލުނުކުރެއްވި ހުރި ކައުންސިލްތަކާއި އ.ތ.މ ކޮމިޓީތަކުގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ. މި ބައްދަލުކުރެއްވުންތަކުގައި އެރަށްރަށުގެ ތަރައްގީއާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރައްވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ޒިޔާރަތްކުރެއްވި ރަށްރަށުގެ ރައްޔިތުންނާވެސް އެމަނިކުފާނު ބައްދަލުކުރެއްވިއެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވާނެ ކަމުގެ ޔަޤީންކަން ވެސް ދެއްވާފައިވެއެވެ. ތިން ދުވަހުގެ މުއްދަތަށް ކުރެއްވި މި ދަތުރުފުޅުގައި ހުވަދުއަތޮޅު ދެކުނުބުރީން އެމަނިކުފާނު ވަޑައިގެންނެވީ ހޯނޑެއްދޫ، ނަޑައްލާ، ވާދޫ، ފިޔޯރީ އަދި ރަތަފަންދުއަށެވެ. ހުވަދުއަތޮޅު އުތުރުބުރީން އެމަނިކުފާނުގެ ވަޑައިގެންނެވީ ކަނޑުހުޅުދޫ، ނިލަންދޫ، މާމެންދޫ އަދި ދެއްވަދުއަށެވެ.  

ގުޅުންހުރި ޚަބަރު