ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
އަލް-ހިޖްރަ ޓްރެވެލްސް އެންޑް ޓުއާސް ހުއްދަ ހިފަހައްޓައިފި
ޚަބަރު

އަލް-ހިޖްރަ ޓްރެވެލްސް އެންޑް ޓުއާސް ހުއްދަ ހިފަހައްޓައިފި

އއަހުމަދު މުހައްމަދު9 ޖެނުއަރީ 2025
އަލް-ހިޖްރަ ޓްރެވެލްސް އެންޑް ޓުއާސް އިން މީގެ ކުރިން އުމްރާއަށް ގެންދިޔަ 24 މީހުން ހާލުގައި ޖެއްސި މައްސަލާގައި އެ ކުންފުނި އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ހިފަހައްޓައިފި އެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އެ ކުންފުނިން ވަނީ އުމްރާވެރިންގެ އަތުން ނެގި ފައިސާ އެހެން ކަންކަމަށް ބޭނުންކޮށްފަ އެވެ. އަދި އުމްރާވެރިންގެ ދެކޮޅު ޓިކެޓު ހަމަނުޖައްސައި، އެ މީހުން ސައުދީ އަރަބިއާގައި ތާށިވާން ދޫކޮށްލާފައިވާ ކަމަށް ބުންޏެވެ. މިނިސްޓްރީން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އެ ކުންފުންޏާއި އޭގެ ހިއްސާދާރުން ހިމެނޭ އެހެން އެއްވެސް ކުންފުންޏަކަށް އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނުދިނުމަށް ނިންމުން ހިމެނެ އެވެ. އަދި ހާލުގައި ޖެހުނު އުމްރާވެރިން ރާއްޖެ ގެނައުމަށް ދައުލަތުން ކުރި ހަރަދު އެ ކުންފުނިން ހޯދުމަށް ވެސް ނިންމައިފި އެވެ. މި މައްސަލައިގައި ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މި ފިޔަވަޅުތައް ތަންފީޒުކުރުމަށް ކުރަންޖެހޭ އިދާރީ އަދި ގާނޫނީ މަސައްކަތްތައް ލަސްނުކޮށް ކުރިއަށް ގެންދާނެ ކަމަށް ވެސް ބުންޏެވެ.

ގުޅުންހުރި ޚަބަރު