ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
އެއްލައްކަ ރުފިޔާގެ އިނާމަކާއެކު އެސްޓީއޯ ރަމަޟާން ބާޒާރު ފަށައިފި
ޚަބަރު

އެއްލައްކަ ރުފިޔާގެ އިނާމަކާއެކު އެސްޓީއޯ ރަމަޟާން ބާޒާރު ފަށައިފި

މމުހައްމަދު އަލީ10 ޖެނުއަރީ 2025
ކޮންމެ އަހަރަކު ރޯދަ މަހަށް ޚާއްސަކޮށްގެން އެސްޓިއޯއިން ބާއްވާ "ރަމަޟާން ބާޒާރު" ޕްރޮމޯޝަން ފަށައިފިއެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފަރާތުން 2025 ވަނަ އަހަރުގެ ރަމަޟާންމަހަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ރަމަޟާން ބާޒާރު" ޕްރޮމޯޝަން ފަށައިފައިވަނީ 9 ޖަނަވަރީ 2025 ވަނަ ދުވަހުއެވެ. ތަފާތު ގިނަ ޕްރޮމޯޝަން ހަރަކާތްތަކާއި އިނާމުތަކެއް ހިމެނޭ ގޮތަށް ރޭވިފައިވާ މި ސޭލް ކުރިއަށްދާނީ 9 ޖަނަވަރީ 2025 އިން 31 މާރިޗު 2025 ގެ ނިޔަލަށެވެ. އެސްޓީއޯ ރަމަޟާން ބަޒާރަކީ ވިޔަފާރިކުރައްވާ ފަރާތްތަކުގެ ތެރޭގައި އެންމެ މަގްބޫލް އެއް ސޭލްއެވެ. އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް މި އަހަރުގެ އެސްޓީއޯ ރަމަޟާން ބަޒާރުގައިވެސް ހިތްގައިމު ގިނަ ޑިސްކައުންޓް ތަކެއް އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ އަތޮޅުތެރޭގެ ޕީޕަލްސް ޗޮއިސްގެ ފިހާރަތަކުން ކަސްޓަމަރުންނަށް ލިބޭނެ އެވެ. މިއަހަރުގެ ރަމަޟާން ބާޒާރުގައި %50 އާހަމައަށް ހޯމްއެޕްލަޔަންސް އައިޓަމްތަކުން ޑިސްކައުންޓް ލިބިގެންދާނެވެ. އަދި 500 ރުފިޔާ އިން މަތިން ކުރައްވާ ކޮންމެ ވިޔަފާރިއަކަށް ކޫޕަންއެއް ލިބިގެންދާނެއެވެ. ކޮންމެ ހަފްތާއަކު ނަސީބުވެރި ފަރާތަކަށް ހަދިޔާއެއްގެ ގޮތުން ގިފްޓް ހެމްޕަރ އެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. ރަމަޟާން ބާޒާރު 2025ގެ އެންމެ ޙާއްސަ ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް 100،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނޭ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ. މީގެއިތުރުން މި ޕްރޮމޯޝަން ކުރިއަށްދާއިރު އާއިލީ ހަވީރަކާއި އިންސްޓޯރ ހަރަކާތްތައްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.  

ގުޅުންހުރި ޚަބަރު