ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ސަފާރީން ވެއްޓުނު މީހާ ހޯދައިފި، އޮތީ ނިޔާވެފައި
ޚަބަރު

ސަފާރީން ވެއްޓުނު މީހާ ހޯދައިފި، އޮތީ ނިޔާވެފައި

މމުހައްމަދު އަލީ11 ޖެނުއަރީ 2025
މިރިހި އައިލެންޑް ރިސޯޓް ކައިރީގައި އޮތް "ނޯތު 07" ސަފާރީއިން މޫދަށް ވެއްޓުނު ނ. ހޮޅުދޫ، ސީވީޑު، އަލީ އަރުޝަދު (35އ) ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ އޭނާގެ ހަށިގަނޑު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންނަށް ފެނިފައިވަނީ، ކަނޑުގެ 69 މީޓަރު އަޑިން ކަމަށެވެ. އޭނާގެ ހަށިގަނޑު ހޯދުމަށްފަހު މިއަދު 15:35 ހާއިރު ވަނީ ލޯންޗަށް ނަގާފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އޭނާ ކަނޑަށް ވެއްޓިފައިވާކަން އެނގުނޫ ސަފާރީގެ ސީސީޓީވީ ފުޓޭޖުންނެވެ.”ރޭގެ ވަގުތެއްގައި ސަފާރީގެ ޓެކުމަތީ އޭނާ ހުއްޓައި ވެއްޓި އަރިމަތީ ޖެހިފައި މޫދަށް ވެއްޓިފައިވާތަން ސަފާރީގެ ސީސީޓީވީ ފުޓޭޖުން ފެނިފައިވޭ“ ފުލުހުން ވިދާޅުވެފައިވެއެވެ.  

ގުޅުންހުރި ޚަބަރު