ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ޑެމްސްގެ މޭގަނޑު އުފުރިގެން އެމްޑީޕީއަށް
ޚަބަރު

ޑެމްސްގެ މޭގަނޑު އުފުރިގެން އެމްޑީޕީއަށް

މމުހައްމަދު އަލީ11 ޖެނުއަރީ 2025
މީގެ ކުރިން އެމްޑީޕީގައި ނަގާކިޔަން ތިއްބެވި ބޭފުޅުންގެ ތެރެއިން އިސްބައެއް ބޭފުޅުން އެޕާޓީން ވަކިވެ "ދަ ޑިމޮކްރެޓްސް" ވަނީ އުފައްދައިފައެވެ. އެހެންނަމަވެސް މިރޭ ސޯޝަލް މީޑިއާ ގުގުމައިލީ އޭގެ ތެރެއިން އިސްބައެއް ބޭފުޅުން އަލުން އެމްޑީޕީއާ ގުޅޭ އަޑުތަކުންނެވެ. އެގޮތުން އެޕާޓީއަށް އެތައް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ވަނީ މިރޭ އެ ޕާޓީއާ ގުޅިފައެވެ. އޭގެ އިތުރުން ޑެމްސްގެ ވަރުގަދަ އެތައް ބޭފުޅުން އަލުން އެމްޑީޕީއާ ގުޅޭނޭ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ޑެމްސްގެ ނާއިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒާއި، އަލީ އާޒިމާއި، ކުރީގެ މެންބަރު ވައްޑެ ގުޅޭނޭ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. މިރޭ އަލުން އެމްޑީޕީއާ ގުޅުނު އަމްރު ޑެމްސާ ގުޅުނީ 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބު ކުޑަތަންވެފައިވަނިކޮށްގެންވެ. އޭރު އެމްޑީޕީން ވަކިވެގެންދިޔަ އެފަދަ އެހެން ބޭފުޅުންވެސް ޑެމްސްއުފައްދައި އެޕާޓީއާ ގުޅުނީ އެދުވަސްވަރުއެވެ. "އެ ބޭފުޅުން އެމްޑީޕީއާ ވަކިވެގެން ދުރުގައި އުޅުއްވިޔަސް ހިތާއި މެޔާއި ރޫހު އޮންނާނީ އެމްޑީޕީގައި ކަމަށް ދެކެނީ. އެމްޑީޕީއަށް ދެރަގޮތެއްވާތަން ބަލަން އެއިން އެއްވެސް ބޭފުޅެއްގެ ހިތަކަށް ކެތެއް ނުވާނެ. އެއީ ކަށަވަރުކަމެއް. އެހެންވީމާ އަމްރުގެ އިތުރުން ދެންތިއްބެވި ބޭފުޅުންވެސް އެމްޑީޕީއާ ގުޅުމުގެ ފުރުސަތު ވަރަށްބޮޑު، މާދަމާވެސް އެބޭފުޅުން ގުޅިދާނެ،" އެމްޑީގެ ވަރުގަދަ ސަޕޯޓަރަކު ބުންނެވެ. އަމްރު އެމްޑީޕީއާ އަލުން ގުޅުމުން އޭނާއަށް މަރުހަބާ ވިދާޅުވެ ކުރީގެ އެމްޕީ އަލީ ނިޔާޒު ވިދާޅުވެފައިވަނީ ސިޔާސީ އިސްލާހީ މަސައްކަތުގައި އަބަދުވެސް އެންމެ މުހިއްމު މަސައްކަތެއް ކުރެވޭނެ ޖާގަ އޮންނާނީ އެމްޑީޕީގައި ކަމަށެވެ. "އެ ފުރުސަތު ސިޔާސީ ކުރިމަގު ހޯދަން އެދޭ ކޮންމެ މީހަކަށް އެމްޑީގައި ތައްމިނަށް ވަނީ ހުޅުވިފައި،" އަލީ ނިޔާޒު ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ޚަބަރު