ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
އެންމެގިނައިން ވާރޭ ވެހުނީ މާލެއަށް: މެޓު
ޚަބަރު

އެންމެގިނައިން ވާރޭ ވެހުނީ މާލެއަށް: މެޓު

މމުހައްމަދު އަލީ11 ޖެނުއަރީ 2025
އިއްޔެ ހެނދުނު އަށަކުން މިއަދު ހެނދުނު އަށަކަށަ އެންމެގިނައިން ވާރޭވެހިފައިވަނީ މާލެއަށް ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖީ (މެޓު) އޮފީހުން ބުނެފިއެވެ. އެއޮފީހުން ބުނެފައިވަނީ އެވަގުތުގައި މާލެއަށް 137.7 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ. ދެން އެންމެގިނައިން ވާރޭވެހިފައިވާ ހުޅުލެއަށް ވެހިފައިވަނީ 79.5 މިލިމީޓަރުގެ ވާރޭއެވެ. އއ. ތޮއްޑުއަށް 70.3 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. އެއީ ތިންވަނައަށް އެންމެގިނައިން ވާރޭވެހިފައިވާ ރަށެވެ. ފާއިތުވެ 24 ގަޑިއިރުތެރޭ ބޯކޮށް ވާރޭވެހި މާލޭ ފެންބޮޑުވުމުން އެމްއެންޑީއެފުން ވަނީ ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ފަށައިފައެވެ. އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން ކުރިއަށްގެންދާ މި އޮޕަރޭޝަންގައި މިހާތަނަށް 104 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީ، 528 ވެލި ބަސްތާ ވަނީ ޖަހާދީފައި ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. އަދި 18201 ޓަނުގެ ފެންވަނީ ހިންދާފައެވެ.

ގުޅުންހުރި ޚަބަރު