ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ސިޔާސީ މުސްތަގުބަލް ކަނޑައަޅާ ޕާޓީއަކީ އެމްޑީޕީ: ފައްޔާޒު
ޚަބަރު

ސިޔާސީ މުސްތަގުބަލް ކަނޑައަޅާ ޕާޓީއަކީ އެމްޑީޕީ: ފައްޔާޒު

މމުހައްމަދު އަލީ13 ޖެނުއަރީ 2025
ދިވެހިރާއްޖޭގެ ސިޔާސީ މުސްތަގުބަލް ކަނޑައަޅާ ޕާޓީއަކީ އެމްޑީޕީ ކަމަށް އެޕާޓީގެ ޗެއަރޕާސަން އަލްއުސްތާޒު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. ފައްޔާޒު މިހެން ވިދާޅުވީ ދަ ޑިމޮކްރެޓްސް ދޫކުރައްވައި އެމްޑީޕީއަށް ސޮއިކުރެއްވި ބޭފުޅުންނަށް މަރުހަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެޕާޓީއާ ގުޅިވަޑައިގެންފައިވަނީ ޑެމްސްގެ ކުރީގެ ރައީސް، އަލްއުސްތާޒު ހަސަން ލަތީފާއި، އެޕާޓީގެ ކުރީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒާއި، އަލީ އާޒިމާއި، އެސްޓީއޯގެ ކުރީގެ އެމްޑީ، ހުސައިން އަމްރާއި، އިބްރާހީމް ރަޝީދު (މާމިގިލީ އިބޫ) އެވެ. ހަސަން ލަތީފަކީ އެމްޑީޕީގައި ކުރިން އުޅުއްވިއިރު އެޕާޓީގެ ޗެއަރ ޕާސަންކަން ކުރައްވާފައިވާ ބޭފުޅެކެވެ. ޝިފާޒަކީ އެމްޑީޕީގެ ނާއިބު ރައީސަކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަލީ އާޒިމް ވަނީ އެމްޑީޕީގެ ޕީޖީ ލީޑަރުކަން ކުރައްވައިފައެވެ. ފައްޔާޒު ވިދާޅުވެފައިވަނީ އެމްޑީޕީއަކީ ދިވެހި ރައްޔިތުންނަށްޓަކައި މަސައްކަތް ކުރައްވާ ޕާޓީ ކަމަށެވެ. "ރައްޔިތުންނަށްޓަކައި އެޑީޕީން ކުރަމުން ގެންދާ މަސައްކަތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް މި ބޭފުޅުން ވަޑައިގެންނެވީތީ މަރުހަބާ ދަންނަވާ ކަމަށް ޗެއަރ ޕާސަން ވަނީ ވިދާޅުވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިތުރު ބޭފުޅުންތަކެއްވެސް ދުރު ނޫން މުސްތަގުބަލެއްގައި އެމްޑީޕީއާ ގުޅޭނެއެވެ.  

ގުޅުންހުރި ޚަބަރު