ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
އެމްޑީޕީއާ ގުޅުމުގެ ދައުވަތު އެ ޕާޓީގެ ރައީސް ދެއްވައިފި
ޚަބަރު

އެމްޑީޕީއާ ގުޅުމުގެ ދައުވަތު އެ ޕާޓީގެ ރައީސް ދެއްވައިފި

މމުހައްމަދު އަލީ13 ޖެނުއަރީ 2025
ވީހާވެސް ގިނަބަޔަކު އެމްޑީޕީއާ ގުޅުމުގެ ދައުވަތު އެޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ދެއްވައިފައެވެ. ކުރިން އެ ޕާޓީގެ އިސް މަގާމުތަކެއް ފުރުވައި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބައެއް ބޭފުޅުން އެނބުރި ވަޑައިގެން ޕާޓީއަށް ސޮއި ކުރެއްވުމުން އެ ބޭފުޅުންނަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވެފައިވަނީ އެމްޑީޕީއަށް އެނބުރި ވަޑައިގެންނެވި އެންމެހާ ބޭފުޅުންނަށް މަރުބަހާ ދަންނަވާ ކަމަށެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ހަސަން ލަތީފާއި، ކުރީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒާއި، ކުރީގެ ޕީޖީ ލީޑަރު އަލީ އާޒިމް ހިމެނި ވަޑައިގަންނަވައެވެ. އޭގެ އިތުރުން އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރާއި، ޓޫރިޒަމް މިނިސްޓްރީގެ ކުރީގެ ސްޓޭޓު މިނިސްޓަރ އިބްރާހީމް ރަޝީދު (މާމިގިލީ އިބޫ) ވެސް ހިމެނި ވަޑައިގަންނަވައެވެ. ޝާހިދު ވިދާޅުވެފައިވަނީ އެމްޑީޕީއަކީ ދިވެހިރާއްޖެއަށް އުއްމީދާއި ހެޔޮ ބަދަލު ގެނެސްދޭ ފަޚުރުވެރި ޕާޓީ ކަމަށެވެ. "އަޅުގަނޑު އެދެނީ ޑިމޮކްރަސީ ހަރުދަނާކޮށް، ރައްޔިތުންގެ ބާރުވެރިކަން އިތުރު ކުރުމަށް އެމްޑީޕީ އިން ކުރަމުންގެންދާ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ވީހާވެސް ގިނަ ބޭފުޅުން އެމްޑީޕީއާއި ގުޅިވަޑައިގެން ދެއްވުމަށް،" ޝާހިދު ވިދާޅުވެފައިވެއެވެ.  

ގުޅުންހުރި ޚަބަރު