ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ކުރިއަށް އޮތީ ވިއްސާރަ،  ގެއްލުން ކުޑަކުރުމަށް ފިޔަވަޅު އަޅާ: މެޓު
ޚަބަރު

ކުރިއަށް އޮތީ ވިއްސާރަ، ގެއްލުން ކުޑަކުރުމަށް ފިޔަވަޅު އަޅާ: މެޓު

މމުހައްމަދު އަލީ13 ޖެނުއަރީ 2025
މާދަމާއިން ފެށިގެން ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނޭ ކަމަށް ލަފާކޮށް ރައްކާތެރި ކަމުގެ ވިޔަވަޅު އެޅުމަށް މެޓު އޮފީހުން ބުނެފިއެވެ. މެޓު އޮފީހުން ބުނެފައިވަނީ މި ވިއްސާރަ މާދަމައިން ފެށިގެން މިމަހުގެ 18 އާ ހަމައަށް ދެމިގެންދާނޭ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެހެންކަމުން ވިއްސާރާގައި ލިބިދާނޭ ގެއްލުން ކުޑަކުރުމަށް ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އިރުޝާދު ދީފައެވެ. މި މުއްދަތުގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި ގުގުރާނޭ ކަމަށް ވެސް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ. އާންމުކޮށްޖެހޭ ވައި ގަދަވެ ކަނޑުތައް ގަދަވާނޭ ކަމަށްވެސް ބުނެފައިވެއެވެ. ޚާއްސަކޮށް އުތުރާއި މެދު ރާއްޖެތެރޭގެ ރަށްރަށަށް އުދައިގެ އަސަރުކުރުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް ބުނެފައިވެއެވެ. މި ވިއްސާރައަކީ ރާއްޖޭގެ އިރުން ހުޅަނގު ދެކުނު ބޭއޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރާ ވިއްސާރައެކެވެ. މާލެއަށް އެންމެފަހުން ކުރި ވިއްސާރައިގައިވަނީ މާލެއާއި ހުޅުމާލޭގައި ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. ފެން ހިންދާފައިވަނީ އެމްއެންޑީއެފާއި އާންމުންނެވެ.

ގުޅުންހުރި ޚަބަރު