ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
މާލޭ ޑަބްލިޔުޑީސީން އިސްނަގައިގެން ޤުރުއާން މުބާރާތެއް ބާއްވައިފި
ޚަބަރު

މާލޭ ޑަބްލިޔުޑީސީން އިސްނަގައިގެން ޤުރުއާން މުބާރާތެއް ބާއްވައިފި

މމުހައްމަދު އަލީ13 ޖެނުއަރީ 2025
މާލެ ސިޓީ ކައުންސިލްގެ ވިމެން ޑިވެލޮޕްމެންޓް ކޮމިޓީ (ޑަބްލިޔުޑީސީގެ) އިސްނެގުމާއެކު މާލެ ސިޓީ ކައުންސިލާއި، ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު ގުޅިގެން ޤުރުއާން މުބާރާތެއް ބާއްވައިފިއެވެ. މިއީ ގްރޭޓަރ މާލެ ސަރަހައްދުގައި ދިރިއުޅޭ އަންހެނުންނަށް ހާއްސަ ކޮށްގެން ބޭއްވި މުބާރާތެކެވެ. މުބާރާތަކީ ޤުރުއާން ކިޔެވުމުގެ ފަންނު ކުރިއަރުވައި، އެކަމަށް ހިތްވަރުދީ، އެކަކު އަނެކަކު ގާތުން ހިތްވަރު ލިބި ޤުރުއާން އުނގަންނައި ދިނުމުގެ މަގުސަދުގައި ބޭއްވި މުބާރާތެކެވެ. މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ އިއުލާން ކުރުމަށްފަހު، އޮޑިޝަނަކުން މުބާރާތަށް ބައިވެރިން ހޮވައިގެންނެވެ. އޮޑިޝަނުން އެންމެ މަތިން މާރކްސް ލިބުނު ދަރިވަރުންގެ ތެރެއިން ފުރަތަމަ ބުރަށް ކުދިން ހޮވައި، ކިޔެވުމަށްފަހު އެ ބުރުން ވެސް ކޮންމެ އުމުރުފުރައަކުން  އެންމެ މަތީ މާކްސް ލިބުނު 5 ބައިވެރީން ފައިނަލް ބުރަށް ހޮވައި، އެ ބުރުގައި ކިޔެވުމަށްފަހު އިންސާފު ކުރެވިގެން ކަމަށް ޑަބްލިޔުޑީސީން ބުނެފައިވެއެވެ. ‎"މި މުބާރާތުގައި ބައިވެރީން 3 ރައުންޑެއްގައި ވަނީ ކިޔަވާފައި. އޮޑިޝަން ރައުންޑުން ހޮވުނު ކުދިންއަށް ކީރިތި ޤުރުއާންއާއި ބެހޭ މަރުކަޒުން ވަނީ ތަމްރީން ކުރުމުގެ ގޮތުން ކްލާސްތަކެއް މިކުންދިން ގެންގޮސް ދެއްވާފައި. އަދި އެއަށްފަހު ފުރަތަމަ ރައުންޑް އަދި ފައިނަލް ރައުންޑް ކުރިއަށް ގެންދެވިފައިވާނެ،" ‎މުބާރާތުގައި، ފަނޑިޔާރުން ހަމަޖައްސައިދިނުމާއި، ފަނޑިޔާރުކަން ކޮށްދިނުމާއި، އޮޑިޝަންއިން ހޮވުނު ބައިވެރީންނަށް ތަމްރީން ސެޝަންތައް ކުރިއަށް ގެންގޮސްދިނުމުގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނުކަމަށް ޑަބްލިޔުޑީސީން ބުންޏެވެ. މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ކޮންމެ ބައިވެރިއަކަށް ޚަތިމެއް  ހަދިޔާކޮށްފައިވާކަމަށް ވެސް ބުނެފައިވެއެވެ. ‎މުބާރާތް ބަހާލެވިފައިވަނީ ހަތަރު އުމުރުފުރާއަކަށް، އެއީ:  ‎ 25އަހަރާ 35 އަހަރާ ދެމެދެ 36 އަހަރާ 45 އަހަރާ ދެމެދު ‎46 އަހަރާ 55 އަހަރާ ދެމެދު 55 އަހަރުން މަތި އުޚުތުންގެ ޤުރްއާން މުބާރާތުގެ ވަނަވަނައަށް އައި ފަރާތްތަށް: 55 އަހަރުން މަތި 2 ވަނަ  ޢާއިޝަތު އަލީ (62 އަހަރު) 3 ވަނަ ފަރިޔާލް ޤާސިމް (63 އަހަރު ) 46 އަހަރާއި 55 އަހަރާއި ދެމެދުގެ އުމުރުފުރައިން : 1 ވަނަ ފަޟްލާޤާސިމް (49 އަހަރު) 2 ވަނަ ސާމިޔާ ޢަލީ (48 އަހަރު) 3 ވަނަ ސަންފާ ޢަބްދުލްކަރީމް (55 އަހަރު ) 36 އަހަރާއި 45 އަހަރާއި ދެމެދުގެ އުމުރުފުރައިން : 1 ވަނަ ޢާއިޝަތު ރަޝީދާ (39 އަހަރު) 2 ވަނަ ޝާމިރާ ޝަމީމް (40 އަހަރު) 3 ވަނަ ޝިފާ އިބްރާހީމް (36 އަހަރު ) 25 އަހަރާއި 35 އަހަރާއި ދެމެދުގެ އުމުރުފުރައިން : 1 ވަނަ ޝާމަތު އިބްރާހީމް (25 އަހަރު) 2 ވަނަ ސައުސަން އިބްރާހީމް (25 އަހަރު) 3 ވަނަ ޝިފާޒާ ނަޢީމް (33 އަހަރު ) 3 ވަނަ ޢާއިޝަތު ސުހުދާ (33 އަހަރު ) މުޅި މުބާރާތުން 1 ވަނަ ޝާމަތު އިބްރާހީމް (25 އަހަރު) 2 ވަނަ ސައުސަން އިބްރާހީމް (25 އަހަރު) 3 ވަނަ ޝިފާޒާ ނަޢީމް (33 އަހަރު ) 3 ވަނަ ޢާއިޝަތު ސުހުދާ (33 އަހަރު )

ގުޅުންހުރި ޚަބަރު