ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
މިހާރު މިއޮތީ އަސާސީ ކަންކަމަށް ސަލާންޖަހަން މަޖުބޫރު ކޮށްފައި: ޝާހިދު
ޚަބަރު

މިހާރު މިއޮތީ އަސާސީ ކަންކަމަށް ސަލާންޖަހަން މަޖުބޫރު ކޮށްފައި: ޝާހިދު

ޟޟަމްރަތު އަހްމަދު13 ޖެނުއަރީ 2025
މިސަރުކާރުން މިހާރު މިވަނީ އަސާސީ ކަންކަމަށް އަލުންބަލުން ސަލާންޖަހަން ރައްޔިތުންނަށް މަޖުބޫރުކޮށްފައި ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން ޝާހިދު ވިދާޅުވީ މިއަހަރަށް ސަރުކާރުން ފާސްކޮށްފައިވާ ބަޖެޓުގައި ވަނީ ހުރިހާ ސަބްސިޑީ ތަކެއް ކަނޑާލާފައި ކަމަށެވެ. މީގެ ސަބަބުން ކޮންމެ ގެއަކުން މަހެއްގެ މައްޗަށްކުރާ ޚަރަދު ދެހާސް ރުފިޔާ އިތުރުވާނޭ ކަމަށް ސަރުކާރުން ވަނީ ބަޖެޓުގައި ޖަހާފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. "ސަރުކާރުން ބުނަނީ އެދުނީމާ އެދޭ ފަރާތަކަށް ޚަރަދުން އިތުރުވާ ފައިސާ ދޭނަމޭ. ސަލާން ޖަހަން އެދުނީމާ ކަމެއްވާން މިއޮތީ،" ޝާހިދު ވިދާޅުވިއެވެ. ރައްޔިތުން ސަރުކާރަށް ޓެކްސް ދައްކަންވީމާ ސަރުކާރުން އެކަމަށް ރައްޔިތު މީހާ ގާތު އެދޭކަށް ނުޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. ޓެކްސް ދައްކަންވީމާ އެކަންކުރަން ޖެހޭކަމަށް ގާނޫނުގައި އޮތީ ލިޔެފައި ކަމަށާއި އެހެންވީމާ އެކަން އެއޮތީ ރައްޔިތުމީހާ ކުރަންޖެހޭ ކަމެއްގެ ގޮތުގައި ހިމަނާފައި ކަމަށް ވެސް ވިދާޅުވިއެވެ. އެހެންނަމަވެސް "މިދެންނެވި ސަލާންޖެހުމުގައި މަޖުބޫރު ކުރާ ހާލަތުގައި ބަލާނޭ މިންގަނޑުތަކަކީ ކޮބައި ކަމެއް އެކަން ކުރާނޭ ގޮތެއްވެސް އަދިނެތް،" އޭނާ ވިދާޅުވިއެވެ. ވޯލްޑު ބޭންކުން އަންދާޒާ ކުރާގޮތުގައި ތަކެތީގެ އަގު މިއަހަރު ހަތެއް ޕޮއިންޓް އަށެއް އިންސައްތައަށް ބޮޑުވެގެން ދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "އަލުންބަލުން މިއަދު މިއޮތީ އަސާސީ ކަންކަމަށް ސަލާންޖަހަން މަޖުބޫރުކޮށްފައި،" ޝާހިދު ވިދާޅުވިއެވެ.  

ގުޅުންހުރި ޚަބަރު