ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ފައްޔާޒާއި އެމްޑީޕީގެ ލީޑަރޝިޕް އީސީގައި
ޚަބަރު

ފައްޔާޒާއި އެމްޑީޕީގެ ލީޑަރޝިޕް އީސީގައި

މމުހައްމަދު އަލީ13 ޖެނުއަރީ 2025
ވަގު ފޯމެއް ފުރައި ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) ޕީއެންސީއަށް ވެއްދި މައްސަލަ ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކުރުމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ހިމެނޭހެން އެޕާޓީގެ ލީޑަރޝިޕްގެ ޓީމެއް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ވަޑައިގެންފިއެވެ. މި ޓީމުގައި އެޕާޓީގެ ޕީޖީ ގްރޫޕާއި، ގައުމީ މަޖިލީހުގެ މެމްބަރުން ވެސް ހިމެނެއެވެ. ފިއްޓޭ އަށް އެނގިވަޑައިގަތުމަކާ ނުލައި ވަގު ފޯމެއް ހުށަހަޅައިގެން ޕާޓީ ބަދަލުކޮށްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކޮށްދިނުމަށް އެމްޑީޕީން ވަނީ ކަމާ ގުޅުންހުރި އިދާރާތަކަށް ގޮވާލައިފައެވެ. މީގެ ކުރީން ވެސް ވަނީ ޕީއެންސީއަށް ވަނުމަށް ފޯމު ފުރާފައި ނުވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި އާންމު މެންބަރުންގެ ނަމުގައި ވަގަށް ފޯމް ފުރުމަށްފަހު އެމްޑީޕީގެ ދަފްތަރުން އުނިކޮށް ޕީއެންސީގައި ހިމަނާފައެވެ. އެފަހަރުވެސް އެމްޑީޕީން ވަނީ އީސީގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ. އީސީގެ ސަމާލުކަމަށް މިކަން އެތައްފަހަރެއްގެ މަތީން ގެނެސްފައިވަނިކޮށް މަޖިލިސް މެންބަރެއްގެ ނަމުގައި ވަގުފޯމެއް ހުށަހަޅައި ޕީއެންސީއަސް ބަދަލުކޮށްފައިވާތީ އެކަމާ އިންތިހާއަށް ކަންބޮޑުވާކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. ޚާއްސަކޮށް މަޖިލިސް މެމްބަރެއްގެ ނަމުގައި ވަގު ފޯމެއް ފުރައިގެން ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލުމުގެ ފުރުސަތު ގާނޫނުއަސާސީއަށް މިފަހުން ގެނައި ބަދަލުގެ ސަބަބުން އެބައޮތް ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ. އެހެންނަމަވެސް އީސީން ވިދާޅުވެފައިވަނީ ޒިޔާދުގެ ގޮނޑި ގެއްލޭނޭ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އެހެންވެ އޭނާ މިހާރުވާނީ އެމްޑީޕިއަށް ބަދަލުކޮށްފައި ކަމަށް އީސީން ވިދާޅުވިއެވެ.  

ގުޅުންހުރި ޚަބަރު