ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
އިލެކްޝަނުން ވަގު ފޯމް ބަލައިގަންނާތީ ކަންބޮޑުވޭ: ޝާހިދު
ޚަބަރު

އިލެކްޝަނުން ވަގު ފޯމް ބަލައިގަންނާތީ ކަންބޮޑުވޭ: ޝާހިދު

މމުހައްމަދު އަލީ13 ޖެނުއަރީ 2025
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ. ޢިއްޒަތްތެރި މެމްބަރު ޙުސައިން ޒިޔާދު (ފިއްޓޭ) ގެ ނަމުގައި ފުރާފައިވާ ވަގު ފޯމެއް ހުށަހެޅުމުން އިލެކްޝަން ކޮމިޝަނުން އެފޯމު ބަލައިގަތުމަކީ ނުހަނު ކަންބޮޑުވުން އޮތް ކަމެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ޝާހިދު ވިދާޅުވީ ފެހި ޤާނޫނު އަސާސީގެ ދަށުން އުފެދިފައިވާ އެންމެ މުހިންމު އެއް ކޮމިޝަނަކީ އިލެކްޝަން ކޮމިޝަން ކަމަށެވެ. އެހެންކަމުން އެކޮމިޝަނާމެދު ދިވެހިރައްޔިތުންގެ ހިތުގައި އޮންނަންޖެހޭ އިތުބާރު ގެއްލުނަ ނުދީ ހިފެހެއްޓުމަށް އިތުރަށް މަސައްކަތް ކުރެއްވުމަށް ކޮމިޝަނުގެ މެމްބަރުންނަށް އިލްތިމާސް ކުރައްވާ ކަމަށް ވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ. "މީގެ އިތުރުން ދިވެހިރައްޔިތުންގެ ޒާތީ މަޢުލޫމާތު ވަގަށް ނަގައި ސިޔާސީޕާޓީއަކަށް މެމްބަރުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގައި ބައިވެރިވާ ފަރާތްތައް ހޯދުމަށްޓަކައި ޖިނާއީ ތަޙުޤީގެއް ފުލުހުން ހިންގުމަށް ގޮވާލަމެވެ." އޭނާ ވިދާޅުވެފައިވެއެވެ. ޝާހިދު ވިދާޅުވެފައިވަނީ މިވަގުތަކީ މަޖިލީހުގެ މެމްބަރަކު ޕާޓީ ބަދަލުކޮށްފި ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅައިފި ހިނދެއްގައި މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިގެންދާނެ އިސްލާޙެއް ޤާނޫނު އަސާސީއަށް ގެނެވިފައިވާ ވަގުތެއް ކަމަށެވެ. އެހެންކަމުން އެއީ އިންތިހާއަށް ކަންބޮޑުވާކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އިލެކްޝަނުންވަނީ ފިއްޓޭގެ ގޮނޑި ނުގެއްލޭ ކަމަށާއި އޭނާ އަލުން އެމްޑީޕީއަށް ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. މި މައްސަލާގައި އެމްޑީޕީގެ ލީޑަރޝިޕުން ވަނީ އިލެކްޝަނާ މަޝްވަރާ ކުރުމަށް އެމަރުކަޒަށް ގޮސްފައެވެ. އެތަނުގައި ބައެއ މީހުން ގެންދަނީ ވަގު ފޯމް ޕްރޮސެސް ކުރުން ހުއްޓާލުމަށް ގޮވާލައި އިހުތިޖާޖު ކުރަމުންނެވެ.

ގުޅުންހުރި ޚަބަރު