ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
އެމްޑީޕީން ރަސްމީކޮށް މަގުމަތީ ހަރަކާތްތައް ފަށަނީ
ޚަބަރު

އެމްޑީޕީން ރަސްމީކޮށް މަގުމަތީ ހަރަކާތްތައް ފަށަނީ

މމުހައްމަދު އަލީ13 ޖެނުއަރީ 2025
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތަށް މަގުމަތީގެ ހަރަކާތްތައް ރަސްމީކޮށް ފަށައިގަންނަން ނިންމާފައިވާ ކަމަށް އެޕާޓީން މިއަދު ބުނެފިއެވެ. ނޫސްވެރީންނަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި އެޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވީ މިކަން މިމަގަށް ކުރަންޖެހުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރު ގެންދާ ގޮތުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުދާތީ ކަމަށެވެ. މި ސަރުކާރުން ވަނީ ކުރީން ނިމުމަކަށް ގެނެސްފައިވާ ބޭސް ސިޓީއަށް ސަލާންޖެހުން އަލުން އިޔާދަކޮށްފައި ކަމަށްވެސް އަނަސް ވިދާޅުވިއެވެ. ސިޔާސީ މުވައްޒަފުންނަށް މުސާރަދީ ފަންސާސް ބިލިއަން ރުފިޔާގެ ބަޖެޓު ވެސް މިސަރުކާރުން ހުސްކޮށްލީ ރައްޔިތުންނަށް އެއްވެސް ކަމެއް ނުކޮށްދީ ކަމަށް އޭނާ ވިދާވިއެވެ. އެ ބަޖެޓުން ވަނީ އާސަންދަ ވެސް ކަނޑާލައިފައި ކަމަށާއި ބޭސްފަރުވާ ކުރަން ބަހައްޓާފައިވާ ފައިސާއިން ރައީސް މުއިއްޒު ޕްރޮމޯޓު ކުރުމަށް ޓީވީޗެނަލެއް ހަދަން އުޅެނިކޮށް އެމްޑީޕިއަށް އެކަން ބޭޒާރުވުމުން އެކަން މިހާރުވަނީ ހުއްޓިފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިއީ ސަރުކާރުގެ މިސްރާބު ހުރިގޮތްކަމަށާއި މިކަންކަން ހުއްޓުވަން އެއްތިރީސް ޖަނަވަރީއާ ހަމައަށް ވެސް މާލޭގެ އެކި ސަރަހައްދުތަކުގައި ވަރަށްގިނަ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރައްވާނޭ ކަމަށް އަނަސް ވިދާޅުވިއެވެ. އެއްތީރީސް ޖަނަވަރީއަކީ މާލޭގައި ބޮޑު އިހުތިޖާޖެއް ކުރަން އެމްޑީޕީން ނިންމާފައިވާ ދުވަހެވެ.  

ގުޅުންހުރި ޚަބަރު