ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ވިއްސާރަ: ސްޓެލްކޯއިން ޚާއްސަ ޓާސްކްފޯހެއް އެކުލަވާލައިފި
ޚަބަރު

ވިއްސާރަ: ސްޓެލްކޯއިން ޚާއްސަ ޓާސްކްފޯހެއް އެކުލަވާލައިފި

މމުހައްމަދު އަލީ13 ޖެނުއަރީ 2025
ވިއްސާރައިގައި، ފެންބޮޑުވުން ކޮންޓްރޯލް ކުރުމަށް ދުރާލައި ފިޔަވަޅު އެޅުމަށް ނިންމައި، ސްޓެލްކޯގެ މެނޭޖްމަންޓުން ޚާއްސަ ޓާސްކްފޯހެއް އެކުލަވާލައިފިއެވެ. ސްޓެލްކޯއިން ވިދާޅުވީ މި ޙާލަތުގައި އެންމެ އިސްކަމެއް ދޭނީ އެކުންފުނީން ޚިދުމަތްދޭ ރަށްރަށުގައި ހުރި ސްޓެލްކޯގެ ކްރިޓިކަލް އިންފްރާސްޓްރަކްޗަރ ރައްކާތެރި ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށެވެ. އަދި ރައްޔިތުންނަށް ދެމުންގެންދާ ޔުޓިލިޓީ ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ކަމަށްވެސް ސްޓެލްކޯއިން ވިދާޅުވެފައިވެއެވެ. އެހެން ފަހަރުތަކެކޭވެސް އެއްގޮތަށް، ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ރައްޔިތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ޚިދުމަތްދޭ ހުރިހާ ރަށެއްގައިވެސް އެކުންފުނީގެ މުވައްޒަފުން ތިބޭނީ ތައްޔާރަށް ކަމަށް ވިދާޅުވެފައިވެއެވެ. ސްޓެލްކޯއިން ޓާސްކް ފޯހެއް އުފެއްދީ މިއަދުންފެށިގެން މިމަހުގެ އަށާރަ ވަނަދުވަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނޭ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާއިން ރައްކާތެރި ކަމުގެ ފިޔަވަޅު ކުރީބައިގައި އެޅުމަށް އިލްތިމާސް ކުރުމުންނެވެ.

ގުޅުންހުރި ޚަބަރު