ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
އީސީން ހަރުދަނާ ފިޔަވަޅު ނާޅައިފިނަމަ އިތުބާރު ގެއްލިދާނެ: ފައިސަލް
ޚަބަރު

އީސީން ހަރުދަނާ ފިޔަވަޅު ނާޅައިފިނަމަ އިތުބާރު ގެއްލިދާނެ: ފައިސަލް

މމުހައްމަދު އަލީ13 ޖެނުއަރީ 2025
ސައްހަ ނޫން މައުލޫމާތު ބޭނުންކޮށްގެން، ޕާޓީތަކަށް މީހުން ވެއްދުން ހުއްޓުވުމަށް އިލެކްޝަންސް ކޮމިޝަނުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ރާއްޖޭގެ ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ތީމާއަށް ނޭނގި ވަގު ފޯމުތަކެއް އީސީއަށް ހުށަހަޅައިގެން ޕާޓީ ބަދަލު ކުރުމުގެ ސިލްސިލާއެއް މިހާރު މިވަނީ ފެށިފައެވެ. އެގޮތުން އެމްޑީޕީއާއި ބައެއް އެހެން ޕާޓީތަކުގެ މީހުން ޕީއެންސީއަށް ވައްދަމުން ގެންދާކަމުގެ ޝަކުވަނީ އިންތިހާއަށް އިތުރުވެފައެވެ. މިފަދަ ދުވަސްވަރެއްގައި އިލެކްޝަންސް ކޮމިޝަނުން މިކަން ހައްލު ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފި ކަމަށްވާނަމަ ސިޔާސީ ޕާޓީތަކާއި މުއައްސަސާތަކަށް ރައްޔިތުންގެ މެދުގައި އޮންނަން ޖެހޭ އިތުބާރު ގެއްލި، ރައްޔިތުންގެ ޙައްޤުތަކެއް ގެއްލިދާނޭ ކަމަށް ފައިސަލް ނަސީމް ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައެވެ. އެމްޑީޕީގެ ޕީޖީ ޑެޕިޔުޓީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ޒިޔާދު ވެސް ވަނީ އޭނާއަށް ނޭނގި ޕީއެންސީއަށް ވައްދައިފައެވެ. އެހެންނަމަވެސް މިހާރު އޭނާ ވަނީ އަލުން އެމްޑީޕީއަށް ބަދަލުކޮށްފައެވެ.

ގުޅުންހުރި ޚަބަރު