ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
އެސްޓޯނިއާއިން ރައީސް މުއިއްޒަށް މަރުހަބާ ދަންނަވައިފި
ޚަބަރު

އެސްޓޯނިއާއިން ރައީސް މުއިއްޒަށް މަރުހަބާ ދަންނަވައިފި

މމުހައްމަދު އަލީ14 ޖެނުއަރީ 2025
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެސްޓޯނިއާ އަށް ވަޑައިގެންނެވުމުން އެގައުމުން އެމަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދަންނަވައިފިއެވެ. ރައީސާއި އެމަނިކުފާނުގެ ވަފުދަށް އެސްޓޯނިއާއިން ރަސްމީކޮށް މަރުހަބާ ދެންނެވީ އެގައުމުގެ ރައީސް ޑޮކްޓަރ ކަރިސް އެވެ. ރައީސާއި އެމަނިކުފާނުގެ ވަފުދަށް މަރުހަބާ ދެންނެވުން އޮތީ މިއަދު މެންދުރުފަހު އެސްޓޯނިއާގެ ރިޔާސީ ގަނޑުވަރުގައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. ‎މި ރަސްމިއްޔާތުގައި އެސްޓޯނިއާއާއި ރާއްޖޭގެ ގައުމީ ސަލާމް ކުޅުނެވެ. އެޔަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެސްޓޯނިއާގެ ރައީސް ޑޮކްޓަރ ކަރިސް ވަނީ އެ ދެބޭފުޅުންގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވާފައެވެ. ‎މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒަށް އެސްޓޯނިއާގެ އިއްޒަތްތެރިން މަރުޙަބާ ވިދާޅުވެ ތަޢާރަފުވެވަޑައިގެންނެވިއެވެ. އެއަށްފަހު ދިވެހި ވަފުދުގެ ބޭފުޅުން ރައީސް ޑޮކްޓަރ ކަރިސްއަށް ތަޢާރަފުކޮށްދެއްވުން ވެސް އޮތެވެ. އަދި ދެ ރައީސުން އެކުގައި ހަނދާނީ ފޮޓޯއެއްވެސް ނެންގެވިއެވެ. އެއަށްފަހު ގަނޑުވަރުގެ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ސޮއިކުރެއްވިއެވެ. ‎ރައީސްގެ މި ދަތުރުފުޅުގައި ޑިޖިޓަލް ޓެކްނޮލޮޖީ، ސައިބަރ ސެކިއުރިޓީ، އީ-ގަވަރނަންސް، މޫސުމީ ބަދަލުތަކާއި ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖެއާއި އެސްޓޯނިއާއާ ދެމެދު ގުޅުން ބަދަހިކުރުމާއި، ގުޅިގެން މަސައްކަތް ކުރުމަށް އިތުރު ފުރުސަތުތައް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. މިދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑޮކްޓަރ އަލާރް ކަރިސްގެ ދައުވަތަކަށް ރައީސް ޑރ. މުއިއްޒު ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މިދަތުރުފުޅު ކުރެއްވުމަށް ހަަމަޖެހިފައިވަނީ ޖަނަވަރީ ތޭރައިން ސޯޅައަށެވެ.  

ގުޅުންހުރި ޚަބަރު