ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
މަހުލޫފުގެ ބައްޕައާއި ކޮއްކޮއަކު ވެސް ޕީއެންސީއަށް ވައްދާފައި
ޚަބަރު

މަހުލޫފުގެ ބައްޕައާއި ކޮއްކޮއަކު ވެސް ޕީއެންސީއަށް ވައްދާފައި

މމުހައްމަދު އަލީ14 ޖެނުއަރީ 2025

ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ ބައްޕައާއި ކޮއްކޮ ވެސް ވަނީ އޮޅުވާލައިގެން ޕީއެންސީއަށް ވައްދާފައި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

މަހުލޫފު ވިދާޅުވެފައިވަނީ މިއީ ޒިންމާދާރުކަން ކުޑަގޮތަކަށް ބަޔަކު ކޮށްފައިވާ އަމަލެއް ކަމަށެވެ. "އަޅުގަނޑުގެ ބައްޕަ އަދި ކޮއްކޮއެއްވެސް މިވަނީ އޮޅުވާލައިގެން ޕީއެންސީ އަށް ވައްދާފައި. މިއީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ބަޔަކު ހިންގާފައިވާ އަމަލެއް،" މަހުލޫފު ވިދާޅުވެފައިވެއެވެ. ޕީއެންސީއަށް މެންބަރުން އިތުރުކުރައްވަނީ ވަރަށް އާދަޔާހިލާފު ގޮތަކަށް ކަމަށްވެސް ކުރީގެ މިނިސްޓަރ މަހުލޫފު ވިދާޅުވެފައިވެއެވެ. އެހެން ކަމުން ކޮންމެ ރައްޔިތަކުވެސް އަމިއްލައަށް ރެޖިސްޓަރ ވެފައިވާ ޕާޓީ ޗެކްކޮށްލުން މުހިއްމު ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ފިއްޓޭވެސް ވަނީ އޭނާއަށް އެނގުމަކާ ނުލައި ވަގު ފޯމެއް ފުރައިގެން ޕީއެންސީއަށް ވައްދައިފައެވެ. އެކަމާ ގުޅިގެން އޭނާގެ ގޮނިއާ މެދު ސުވާލު ކުރުމަށް އެނާ ހިމެނޭގޮތަށް އެމްޑީޕީގެ ލީޑަރޝިޕްގެ އެތައް ބަޔަކުވަނީ މިއަދު އީސީއަށް ގޮސްފައެވެ. އީސީން ވިދާޅުވެފައިވަނީ ފިއްޓޭގެ ގޮނޑި ނުގެއްލޭ ކަމަށެވެ. އަދި އޭނާ މިހާރު ވަނީ އަލުން އެމްޑީޕީއަށް ބަދަލުކޮށްފައި ކަމަށްވެސް ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު