ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ފެބުރުއަރީ ހައެއް ބަންދު
ޚަބަރު

ފެބުރުއަރީ ހައެއް ބަންދު

މމުހައްމަދު އަލީ15 ޖެނުއަރީ 2025
އަންނަ ފެބުރުއަރީ 6 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، އެއީ މިއަހަރު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަށްވުމުންނެވެ. "މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް މި އަހަރު ރިޔާސީ ބަޔާން އިއްވަވާ ދުވަސް ކަމަށްވާ 2025 ފެބުރުވަރީ 6 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމުގައި" ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ. ރައްޔިތުންގެ މަޖިލީހަށް ރައީސް، ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމަށް ހަމަޖެއްސެވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 1/2024 (18 ޖަނަވަރީ 2024) ދެންނެވުން ވަނީ ބާޠިލު ކުރައްވައިފައެވެ.    

ގުޅުންހުރި ޚަބަރު