ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
މާލެސިޓީ ޑަބްލިޔޫޑީސީގެ ހުނަރުވެރިންގެ ޕްރޮގްރާމް ނިންމާލައިފި
ޚަބަރު

މާލެސިޓީ ޑަބްލިޔޫޑީސީގެ ހުނަރުވެރިންގެ ޕްރޮގްރާމް ނިންމާލައިފި

މމުހައްމަދު އަލީ15 ޖެނުއަރީ 2025
މާލޭސިޓީގެ އަންހެނުންނަށް އުންމީދީ މުސްތަގުބަލެއް ފަހިކޮށްދެމުން މާލޭސިޓީގެ ޑަބްލިޔުޑީސީން ސަތޭކަ ހުނަރުވެރީން ތަމްރީން ކުރުމުގެ ޕްރްގްރާމެއް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ސަތޭކަ ހުނަރުވެރީންގެ ޕްރޮގްރާމްއަކީ މާލެ ސިޓީ ޑަބްލިޔުޑީސީއިން އިސްނަންގަވައިގެން، މޯލްޑިވްސް ޕޮލިޓެކްނިކް އާ އެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މިފަހަރު ހިންގި ސަތޭކަ ހުނަރުވެރީން އުފެއްދުމުގެ ޕްރޮގްރާމުގެ ދަށުން ހަ ދާއިރާއަކުން ވަނީ މީހުންނަށް ތަމްރީން ދީފައި ކަމަށް މާލޭ ސިޓީ ޑަބްލިޔުޑީސީން މައުލޫމާތު ދެއްވިއެވެ. އެއީ:
  • ދިގުހެދުންފަހަން ދަސްކޮށްދިނުން
  • ދިވެހިލިބާސް ފަހަން ދަސްކޮށްދިނުން
  • ކަރަންޓް މަސައްކަތް ދަސްކޮށްދިނުން
  • އަތްތެރި މަސައްކަތް ދަސްކޮށްދިނުން
  • ހިރުގެތުން
  • އެއަރކޮންޑިޝަން އެންޑް ރެފްރިޖެރޭޝަން
މި ކޯސްތަކަކީ ސަގާފީ އަދި ޓެކްނިކަލް ހުނަރުތައް ތަރައްގީ ކުރުމަށް އަމާޒުކޮށްގެން ދެ ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ ކޯސްތަކެކެވެ. މި ޕްރޮގްރާމް ކުރިއަށްގެންދަން ނިންމައި ކުރިމަތީލާން ހުޅުވާލުމުން 100އަށް ވުރެން  ގިނަ މީހުން ބައިވެރިވާން އެދި ކުރިމަތިލިއެވެ. މިކޯސްތައް ހިނގަމުން ދިޔައިރު މާލޭސިޓީގެ މޭޔަރު އާދަމް އާޒިމްވަނީ އެކިފަހަރު މަތީން ޕޮލިޓެކްނިކަށް ވަޑައިގެން ބައިވެރީންގެ މަސައްކަތްތައް ބައްލަވާލާފައެވެ. މާލޭ ޑަބްލިޔޫޑީސީން ބުނީ ކުރިއަށްއޮތަނުގައި މި ޕްރޮގްރާމުގެ ދަށުން އިތުރު ކޯސްތައް ހިންގައި މީހުން ތަމްރީން ކުރުމަށް މަސައްކަތްތަކެއް ކުރާނޭ ކަމަށެވެ. މަގުސަދަކީ މަސައްކަތްތެރި ހުނަރުވެރި އަންހެނުން އުފައްދައި މުޖުތަމައަށް ނެރުން ކަމަށް ވެސް އެތަނުން މައުލޫމާތު ދެއްވިއެވެ. މާލޭ ޑަބްލިޔުޑީސީން ވަނީ އަންހެނުންނަށް ޚާއްސަކޮށްގެން ގުރުއާން މުބާރާތެއްވެސް ބާއްވައިފިއެވެ.

ގުޅުންހުރި ޚަބަރު