ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ފަލަސްތީނުގެ ރައްޔިތުން ތަހައްމަލް ކޮށްފައިވަނީ މިންނުކުރެވޭ ވަރުގެ ވޭނެއް: ފައްޔާޒު
ޚަބަރު

ފަލަސްތީނުގެ ރައްޔިތުން ތަހައްމަލް ކޮށްފައިވަނީ މިންނުކުރެވޭ ވަރުގެ ވޭނެއް: ފައްޔާޒު

މމުހައްމަދު އަލީ16 ޖެނުއަރީ 2025
އެކުވެރި ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކޮށްފައިވަނީ މިންނުކުރެވޭ ވަރުގެ ވޭނާއި ތަކުލީފު ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މެދުކެނޑުމެއްނެތި ފަނަރަ މަސް ވަންދެން އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދިޔަ ހަމަލާތައް ހުއްޓާލިކަން އެމެރިކާގެ ރައީސް (މުންތަޚަބް) ޑޮނަލްޑް ޓްރަމްޕު އިއުލާން ކުރެއްވުމުން ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަނގުރާމަ ހުއްޓާލުމުން ހަމްދު ކުރައްވާ ކަމަށެވެ.

"އަލްހަމްދުލިއްލާހިއެވެ. ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކޮށްފައިވަނީ މިންނުކުރެވޭ ވަރުގެ ވޭނާއި ތަކުލީފެވެ. އެހެން ކަމުން ހަނގުރާމަ ހުއްޓުމާއެކު ދެމިގެންދާ ސުލްހައެއް ގާއިމް ކުރުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް އަލުން ދެއްވުން އެދޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޔަހޫދީ ގައުމުން ފަލަސްތީނާ ދެކޮޅަށް ހިންގާފައިވަނީ ނަސްލު ނައްތާލުމުގެ ޖަރީމާއެއް ކަމަށް ވެސް ފައްޔާޒު ވިދާޅުވެފައިވެއެވެ. އެހެން ކަމުން "ކުށްވެރިން ބައިނަލްއަގުވާމީ ކޯޓުތަކުގެ ތެރެއިން ޖަވާބުދާރީވާން ޖެހޭ" ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެތައް ދުވަހެއް ވަންދެން ފަލަސްތީނުގެ ރައްޔިތުންގެ ބާރާއި އަޒުމް މިވަނީ އިމްތިހާނު ކުރެވިފައި ކަމަށާއި، އެހެން ކަމުން މިއީ ރަނގަޅު މުސްތަގުބަލެއް ފެށުމަށް ފަލަސްތީނުގެ ރައްޔިތުންނަށް ލިބުނު ފުރުސަތަކަށްވާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ޚަބަރު