ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ޚާރިޖީ ސިޔާސަތަކީ އެއްވެސް ގައުމަކާ ހަތުރުވެރި ނުވުން: ޑރ. ޚަލީލް
ޚަބަރު

ޚާރިޖީ ސިޔާސަތަކީ އެއްވެސް ގައުމަކާ ހަތުރުވެރި ނުވުން: ޑރ. ޚަލީލް

އއެޑިމިނިސްޓެރޭޓަރ17 ޖެނުއަރީ 2025
ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވަނީ އެއްވެސް ގައުމަކާ ހަތުރުވެރި ނުވެ ދިވެހި ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭ ގޮތަށް ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. މިނިސްޓަރު ވިދާޅުވެފައިވަނީ އޭގެ އިތުރުން އެސިޔާސަތު ބިނާވެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫ ނާރާގޮތަށް ހުރިހާ ޤައުމަކާއެކީ ވެސް ގާތް ގުޅުން ބޭއްވުމުގު މައްޗަށް ކަމަށެވެ. ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން ގެންގުޅޭ ޚާރިޖީ ސިޔާސަތުތަކަށް ވެސް ބަދަލެއް އައިސްފައިނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އދ. ގައި ރާއްޖެއިން ވޯޓު ދެމުންދާގޮތް ބައްލަވާލެއްވުމުން އެކަން ސާފުވާނޭ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. "ކުދި ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލަށް ބުރޫއަރާ ފަދަ ހާލަތްތަކުގައި ރާއްޖެއިން އަބަދުވެސް ނަގަނީ ޕްރިންސިޕަލް ސްޓޭންޑެއް،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރަޝީއާއި ޔުކްރޭން ހަނގުރާމައިގައި ދިވެހިރާއްޖެއިން ތާއިދު ކުރަނީ ޔުކްރޭންއަށް ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވާ ކަމަށް އަޑުފެތުރިފައިވާ ވަގުތެއްގައެވެ.    

ގުޅުންހުރި ޚަބަރު