ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
މާރާމާރީ ހިންގި މަންޒަރު ރެކޯޑުކުރި ދިވެއްސަކަށް ބިދޭސީން ހަމަލާދީފި
ޚަބަރު

މާރާމާރީ ހިންގި މަންޒަރު ރެކޯޑުކުރި ދިވެއްސަކަށް ބިދޭސީން ހަމަލާދީފި

މމުހައްމަދު އަލީ18 ޖެނުއަރީ 2025
ރާއްޖޭގެ ވެރިކަންކުރާ ފުރަމާލޭގެ، ހެދިގޮނޑުދޮށުގައި މިރޭ ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގައިފިއެވެ. ފުލުހުން ވިދާޅުވީ މި މާރާމާރީގެ މައްސަލަ މިރޭ 20:30 އެހައިކަންހާ އިރު ވަނީ ރިޕޯޓުކޮށްފައި ކަމަށެވެ. މި މާރާމާރީއާ ގުޅިގެން ބިދޭސީ ތިން ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެއީ އިންޑީއާ ތިން މީހަކު ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. މަރާމާރީގެ ހިންގި ވަގުތު މަންޒަރުތައް ރެކޯޑުކުރި ދިވެއްސަކަށް ވެސް އެވެރީން ވަނީ ހަމަލާދީފައެވެ. "މި މާރާމާރީގެ މަންޒަރު ރެކޯޑުކުރި ދިވެއްސަކާމެދު ވެސް އެމީހުން މާރާމާރީ ހިންގާފައިވޭ. މިމައްސަލައާ ގުޅިގެން އިންޑިއާއަށް ނިސްބަތްވާ ތިން ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި،" ފުލުހުން ވިދާޅުވެފައިވެއެވެ. މި މާރާމާރީގައި އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ވިދާޅުވެފައެއް ނުވެއެވެ. މީގެ ކުރިން ވެސް ބިދޭސީންތަކެއް ވަނީ ދެފަހަރެއްގެ މަތީން، ހެދިގޮނޑުދޮށުގައި މާރާމާރީ ހިންގާފައެވެ.

ގުޅުންހުރި ޚަބަރު