ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ވައި ނުސާފު ވެއްޖެ: ކުޅިވަރާއި ކަސްރަތު ކުރުން މަޑުޖައްސާލާ
ޚަބަރު

ވައި ނުސާފު ވެއްޖެ: ކުޅިވަރާއި ކަސްރަތު ކުރުން މަޑުޖައްސާލާ

މމުހައްމަދު އަލީ20 ޖެނުއަރީ 2025
ރާއްޖޭގެ ސަރަހައްދުގެ ވައި ނުސާފުވެއްޖެއެވެ. ވައި ނުސާފުވުމަކީ ސިއްހީ މައްސަލަތައް ކުރިމަތިވެދާނޭ ސަބަބަކަށްވާތީ ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަންއެޖެންސީ (އެޗުޕީއޭ) އިން ވަނީ އިލްތިމާސް ކޮށްފައެވެ. އެޗުޕީއޭއިން އިލްތިމާސް ކޮށްފައިވަނީ، ވައި ނުސާފުވެފައިވާ މިދުވަސްވަރު، ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލިތަކާއި އެލާޖީގެ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަވަގުތު ހޭދަނުކުރުމަށެވެ. ބޭރުގައި ގިނަވަގުތު ހޭދަކުރާނަމަ ރައްކާތެރި ވުމުގެ ގޮތުން ރައްކާތެރި މާސްކު އެޅުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ. މީގެ އިތުރުން ކުޑަކުދީންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ބޭރުގައި ގިނަވަގުތު ހޭދަނުކުރުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ. ޚާއްސަކޮށް ތުއްތު ކުދިން ބޭރަށް ނުނެރުމަށް ވެސް އެޗުޕީއޭއިން ވަނީ އިރުޝާދޫ ދީފައެވެ. ރައްކާތެރިވުމުގެ ގޭގެ ދޮރުންތައް ލައްޕާފައި ބެހެއްޓުމަށް ވެސް ވަނީ އިރުޝާދު ދެއްވާފައެވެ. މި ދުވަސްވަރު ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުންފަދަ ކަންތައްތައް މަޑު ޖައްސާލުމަށް ވެސްއެޗުޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.  

ގުޅުންހުރި ޚަބަރު