ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ކައުންސިލިން ދޭނޭ މީހުން ބިނާކުރުމުގެ މަސައްކަތް ފަށާނަން: ލުބުނާ
ޚަބަރު

ކައުންސިލިން ދޭނޭ މީހުން ބިނާކުރުމުގެ މަސައްކަތް ފަށާނަން: ލުބުނާ

މމުހައްމަދު އަލީ21 ޖެނުއަރީ 2025
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބޭ މީހުންނަށް ކައުންސިލިން ދޭނެ ބަޔަކު ފާއިތުވި ދިހަ އަހަރު ދުވަހުގެ ތެރޭގައި ބިނާކޮށްފައިނުވާ ކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއަރޕާސަން ލުބްނާ ޒާހިރު ވިދާޅުވެއްޖެއެވެ.ލުބްނާ ވިދާޅުވީ ރާއްޖޭގައި ކައުންސިލިންގ ކިޔަވައިގެން ތިބީ ގާތްގަނޑަކަށް 150 މީހުން ކަމަށެވެ. ފާއިތުވި ދިހަ އަހަރުތެރޭގައި ކައުންސިލަރުން ބިނާކުރިނަމަ މިއަދަދު އިތުރުވާނެއެވެ. އެންޑީއޭގައި ފުދޭ ވަރަކަށް ކައުންސިލަރުން ތިއްބަސް އެއީ ބޭނުންވާ އަދަދަށްވުރެ މަދު އަދަދެއް ކަމަށް ލުބުނާ ވިދާޅުވިއެވެ. "ގާތްގަނޑަކަށް ފަސްދޮޅަސް ފަސް ބޭފުޅުން ތިއްބެވީ. އަދި ޑޮކްޓަރުންނާއި ނަރުހުންނާއި ލައިގެން އަޅުގަނޑުމެންގެ ފަންނީ ބޭފުޅުންގެ އަދަދަކީ އަށްޑިހަ ފަހެއް. މިއަށްވުރެ ގިނައިން އަޅުގަނޑުމެން ކައުންސިލިންގ ދޭނެ މީހުން ބޭނުންވޭ،" އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ "ޚާއްސަގޮތެއްގައި ކޮމިއުނިޓީ ރީހެބިލިޓޭޝަން ޕްރޮގްރާމް އަޅުގަނޑުމެން ރާއްޖޭގެ އެކި ތަންތަނުގައި ފެށުމާއެކު އަދި ގޭގައި ތިބެގެން ފަރުވާ ނަގާ ނިޒާމަށްވެސް ސައިކޯސޯޝަލް ސަޕޯޓް ދިނުން ވަރުގަދަ ކުރުމަށްޓަކައި އަޅުގަނޑުމެން ކައުންސިލިންގ ވަރަށް ބޮޑަށް ވަރުގަދަ ކުރަންޖެހޭ" ކަމަށެވެ. ފާއިތުވި ދިހައަހަރުތެރޭގައި ކައުސިލަރުން އުފައްދާފައި ނެތަސް މި އަހަރުގެ ތެރޭގައި ކައުންސިލަރުން ބިނާ ކުރުމުގެ މަސައްކަތް ކުރައްވާނޭ ކަމަށް ލުބުނާ ވިދާޅުވިއެވެ. މިކަން ކުރުމަށްޓަކައި އެންޑީއޭއަށް ލިބިފައިވާ އެޑިކްޝަން ޕްރޮފެޝަނަލް ކޯހަށް އެދި ހުށަހެޅުމަށް މުޅި ރާއްޖެއަށް ހުޅުވާލާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު