ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
މަސްވެރިކަން ފެށުނުއިރު، ސަރުކާރު ނިދާފައި: ސައުދު
ޚަބަރު

މަސްވެރިކަން ފެށުނުއިރު، ސަރުކާރު ނިދާފައި: ސައުދު

މމުހައްމަދު އަލީ21 ޖެނުއަރީ 2025
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސީޒަން މިހާރު ވަނީ ފެށިފައި ކަމަށާއި ފެށުނުއިރު ވެސް ސަރުކާރު ވަނީ "ނިދާފައި" ކަމަށް ވިލިގިލީ ދާއިރާގެ ކުރީގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވަނީ ސަރުކާރު ނިދާފައި އޮތުމުގެ ސަބަބުން މަސްވެރީން ބޭނި މަސްކޮޅު ކިރޭނޭ ގޮތެއްނެތް ކަމަށެވެ. އަދި މަހަށް ވެސް ފުރޭނޭ ގޮތެއްނެތް ކަމަށެވެ. "މަސްވެރިކަމުގެ ސީޒަން ފެށުނުއިރު ސަރުކާރު ނިދާފަ، ބޭނިމަސްކޮޅު ނުކިރި މަސްވެރިންނަށް މަހަށްނުފުރި މަސްދޯނިފަހަރު ހުއްޓުމަކަށް،" އޭނާ ވިދާޅުވެފައިވެއެވެ. ސައުދު ވިދާޅުވެފައިވަނީ މީގެ އިތުރުން ހުރިހާ އައިސްޕްލާންޓްތަކެއްވެސް ވަނީ ހަލާކުވެފައި ކަމަށެވެ. "މަސްވެރިކަމުގެ ސީޒަނުގައި މަސްވެރިން ބާނާ މަސްކޮޅު ނުކިރި މަހަށްނުދެވި ތިބުމަކީ މަސްވެރިންނަށްދެވޭ ބޮޑްއަނިޔާއެއް،" ސައުދު ވިދާޅުވެފައިވެއެވެ.  

ގުޅުންހުރި ޚަބަރު