ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ދި ޑިމޮކްރެޓްސް ގެ ރައީސް ކަމަށް އިންތި ކުރިމަތި ލައްވައިފި
ޚަބަރު

ދި ޑިމޮކްރެޓްސް ގެ ރައީސް ކަމަށް އިންތި ކުރިމަތި ލައްވައިފި

އއަހުމަދު މުހައްމަދު21 ޖެނުއަރީ 2025
ދަ ޑިމޮކްރެޓްސްގެ ރައީސް ކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ކުރިމަތި ލައްވައިފިއެވެ. ޑިމޮކްރެޓްސްގެ ރައީސް ކަމުގެ މަގާމު ހުސްވީ، އެ ޕާޓީގެ ފުރަތަމަ ރައީސްގެ ގޮތުގައި ހުންނެވި، ހަސަން ލަތީފު އެ މަގާމުން އިސްތިއުފާ ދެއްވައި ޕާޓީން ވަކިވެ ވަޑައިގަތުމުންނެވެ. އިންތިއަކީ ޑެމްސްގެ ސްޕޯކްސް ޕާސަނެވެ. އެހެންނަމަވެސް އެޕާޓީގެ ރައީސްކަށް ކުރިމަތިލެއްވުމަށްޓަކައި ސްޕޯކްސް ޕާސަންގެ މަގާގުން އިސްތިއުފާ ދެއްވާފައިވާކަމަށް އިންތިވަނީ ވިދާޅުވެފައެވެ. ހަސަން ލަތީފް އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ޕާޓީގެ ވަގުތީ ރައީސްކަމުގެ މަގާމަށް މަޑަވެލި ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ހުސައިން ފިރުޝާން ވަނީ އިންތިހާބުކޮށްފައެވެ. ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވި ބޭފުޅުންތަކެއް މިދިޔަ ހަފްތާގައި އެ ޕާޓީން ވަކިވެ އެމްޑީޕީއާ އަލުން ވަނީ ގުޅިވަޑައިގެންފައެވެ.

ގުޅުންހުރި ޚަބަރު