ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ރަސްގެތީމުގެ ތަރައްޤީއަށް ކުރަންހުރި ކަންކަން މި އަހަރު ތެރޭ ކޮށްދޭނަން
ޚަބަރު

ރަސްގެތީމުގެ ތަރައްޤީއަށް ކުރަންހުރި ކަންކަން މި އަހަރު ތެރޭ ކޮށްދޭނަން

ހިރި ނިއުސްހިރި ނިއުސް21 ޖެނުއަރީ 2025
ރ. ރަސްގެތީމުގެ ތަރައްޤީއަށް ކުރަންހުރި ކަންކަން އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގައި ބާރު ދުވެލީގައި ކޮށްދެއްވާނޭކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ ރަށު ރައްޔިތުންނަށް ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިޔަޤީންކަން ދެއްވީ، މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ޒިޔާރަތުގެ ތެރެއިން، ރަސްގެތީމު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ސަރުކާރުގެ އަމާޒަކީވެސް، އަދި ޕްލޭނަކީވެސް، ރިޔާސީ ކެމްޕެއިންގެ ތެރޭގައި އެރަކަށް ކޮށްދެއްވާނޭކަމަށް ވަޢުދުވެވަޑައިގެންފައިވާ ހުރިހާ ކަމެއްވެސް މި އަހަރުގެ ތެރޭގައި ފަށައި، ބައެއް ކަންކަން މި އަހަރުގެ ތެރޭގައި ނިންމެވުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، ރަސްގެތީމުގެ ބަނދަރުގެ މަސައްކަތް މި އަހަރު ތެރޭ ފައްޓަވާނޭކަމަށާއި، ސްކޫލްގެ ކްލާސްރޫމްތަކާއި ހޯލުގެ މަސައްކަތް މިއަހަރު ތެރޭ ނިންމަވައިދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ކުޅިވަރުގެ ބިނާރާއި ވަޞީލަތްތަކާ ގުޅުންހުރި މަސައްކަތްތަކާއި، ކުނި ނައްތާލުމުގެ މަސައްކަތްތަކާއި، ސިއްޙީ ދާއިރާގައި ހުރި މައްސަލަތައް ޙައްލުކޮށްދެއްވުމުގެ މަސައްކަތް ކުރިއަށްއޮތް މަސްތަކުގެ ތެރޭގައި ފައްޓަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގެންނެވި ކަމާގުޅުންހުރި ވަޒީރުން، ކައުންސިލާއި އ.ތ.މ ކޮމެޓީ އަދި ރަށުގެ މުވައްސަސާތަކުގެ ވެރިންނާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާކަން ފާހަގަކުރައްވައި، ކައުންސިލާއި މިނިސްޓްރީތަކާއި ކުންފުނިތައް ގުޅިގެން ކަންކަން ތަރުތީބުވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، މިއަހަރު ނިމޭއިރު، މައްސަލަތަކަށް ޙައްލު ލިބި އެކަމުގެ އުފާފާޅުކުރާ ދަނޑިވަޅުގައި، ރައްޔިތުން އެދިވަޑައިގަންނަވާނަމަ، މަސައްކަތްތަކުގެ ނިމުން ފާހަގަކުރުމަށް އެމަނިކުފާނު ރަސްގެތީމަށް އެނބުރި ވަޑައިގަންނަވާނޭކަމަށް ވިދާޅުވަމުންނެވެ. މި ރަސްމިއްޔާތުގައި ވަނީ، ބޭންކް އޮފް މޯލްޑިވްސް އިން ރަށުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ރަސްމީ ގޮތުން ރަށު ކައުންސިލާ ހަވާލުކުރައްވާފައެވެ. -ޚަބަރާއި ފޮޓޯ ރައީސް އޮފީސް

ގުޅުންހުރި ޚަބަރު