ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ބޯޓުފަހަރަށް މުދާ ނުލިބި "ފުނޑިއްޖެ"
ޚަބަރު

ބޯޓުފަހަރަށް މުދާ ނުލިބި "ފުނޑިއްޖެ"

އއައްޝައިޚް ޙަސަން ލަޠީފް މޫސާ22 ޖެނުއަރީ 2025
ޖަނަވަރީ އެއްތިރީހުގައި އެމްޑީޕީން މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސުލްހަވެރި ހިނގާލުން ޕްރޮމޯޓު ކުރުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މާލޭ މަސްކާރުކޭޓު ސަރަހައްދަށް އިއްޔެ ވަޑައިގެންނެވެ. އެސަރަހައްދަށް ވަޑައިގެންނެވުމުން އެތައް ބަޔަކުވަނީ ފައްޔާޒު އިސްމާއީލާ ބައްދަލުކޮށް އެމީހުންގެ ޝަކުވާ އޮއްސާލައިފައެވެ. އެސަރަގައްދުގައި ވިޔަފާރި ކުރާމީހުން ވިޔާފާރި ނުކުރެވިގެން ފުނޑޭ ކަމުގެ ޝަކުވާއެވެ. ދަތުރުވެރީން ބޯޓަށް އަރުވާނޭ މުދާނުލިބިގެން ފުނޑޭ ކަމުގެ ޝަކުވާއެވެ. އޭގެ ސަބަބުން މާލޭގައި މަޑުކުރަންޖެހޭ ދުވަސްތައް ގިނަވެ ގެއްލުންވެ ފުނޑެމުންދާ ޝަކުވާ ހިމެނޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. "އެމީހުން ބުނީ އެއްވެސް ވިޔަފާރިއެއް ނުކުރެވި ފުނޑިއްޖެ ކަމަށް. ބޯޓުފަހަރަށް އަރުވާނެ މުދަލެއް ނުލިބި ފުނިޑިއްޖެ ކަމަށް. ބޯޓުފަހަރު މާލޭ ބަނދަރުގައި ތާށިވެ ގިނަ ދުވަސްވުމުން ފުނޑިއްޖެ ކަމަށް،" ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވީ ދިވެހި ރައްޔިތުން ފުނޑޭތަން ބަލަން ތިބެގެން އެމްޑީޕީއަށް ނުފުދޭނޭ ކަމަށެވެ. އެމްޑީޕީއަށް ފުދޭނީ ރައްޔިތުންނަށް ފާގަތި ކަމާއި ތިޔާގިކަން ކަށަވަރު ވުމަށްފަހު ކަމަށެވެ. އެކަން ކުރެވޭނީ  ޒިންމާދާރު ކަމާއެކު ސަރުކާރު ޖަވާބުދާރީ ކުރުވައިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޖަނަވަރީ އެއްތިރީހުގައި އެމްޑީޕީން ސުލްހަވެރި ހިނގާލުމެއް ބާއްވަނީ ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވައި މިކަންކަން ރަނގަޅު ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު