ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
މިއަހަރު ދެ އަތޮޅަކަށް އާރުޓީއެކް ޚިދުމަތް ފަށާނަން: ރައީސް
ޚަބަރު

މިއަހަރު ދެ އަތޮޅަކަށް އާރުޓީއެކް ޚިދުމަތް ފަށާނަން: ރައީސް

މމުހައްމަދު އަލީ22 ޖެނުއަރީ 2025
މިއަހަރު މެދުތެރޭގައި ރ. އަތޮޅާއި، ބ. އަތޮޅަށް، ރރާއްޖެ ޓްރާންސްޕޯރޓް ލިންކް (އާރުޓީއެލް) ގެ ޚިދުމަތް ފަށްޓަވާނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރ. އަތޮޅުގެ  ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު އުނގޫފާރަށް ވަޑައިގެން އެރަށުގެ ރައްޔިތުން ރޭ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަ ފުޅުގައި ރައީސް ވިދާޅުވީ ރ. އަތޮޅަށް މި ޚިދުމަތް ފަށްޓަވާނީ މިއަހަރު ޖޫންމަހު ކަމަށެވެ. ބ. އަތޮޅަށް ޚިދުމަތް ފަށާނީ މިއަހަރު ޖުލައިގައި ކަމަށެވެ. ރ. އުނގޫފާރަކީ މި ސަރުކާރުން އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރެއްވުމަށް މަސައްކަތް ކުރައްވާ ރަށެވެ. އެގޮތުން ދުރު ރާސްތާ ވިސްނުންފުޅުގެ ތަރައްޤީގެ މާސްޓަރ ޕްލޭންގެ މަސައްކަތްތައް ކުރެވެމުން ދާއިރު، ހުރިހާ ދާއިރާއަކުން އެންމެ މަތީ ފަންތީގައި ޚިދުމަތް ލިބޭ ރަށަކަށް ރ.އުނގޫފާރު ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ޖަލްސާގައި ރައީސް ވަނީ އުނގޫފާރުގެ ބިން ހިއްކުމުގެ މަސައްކަތްތައް، ވަޢުދުވެވަޑައިގެންފައި ވާ ގޮތަށް ފުރިހަމަކޮށް ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވައިފައެވެ. އަދި އެރަށުގައި 500 ހައުސިންގް ޔުނިޓް އެޅުމުގެ މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ

ގުޅުންހުރި ޚަބަރު