ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
އުނގޫފާރު ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ބަދަލުކުރަނީ
ޚަބަރު

އުނގޫފާރު ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ބަދަލުކުރަނީ

މމުހައްމަދު އަލީ22 ޖެނުއަރީ 2025
ތިން އަހަރު ދުވަހުގެ ޕްލޭނެއްގެ ދަށުން ރ. އުނގޫފާރުގެ ހޮސްޕިޓަލަކީ ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލު ކުރައްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިއާއެކު ރަށުގެ ޞިއްޙީ ދާއިރާއަކީ އެންމެ މަތީ ފަންތީގައި ޚިދުމަތްދޭ ދާއިރާއަކަށް ވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އުނގޫފާރަށް ވަޑައގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރޭ އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ވިސްނުންފުޅަކީ އެއްވެސް ރައްޔިތަކު ބާކީ ކުރުމެއް ނެތި، ކުޑަ ރަށެއް، ބޮޑު ރަށެއް ފަރަޤު ކުރުމެއް ނެތި، ޒިންމާދާރު ކަމާއެކު ތަރައްޤީ ހޯއްދަވައިދެއްވުން ކަމަށެވެ. އެހެންކަމުން ރ. އަތޮޅުގެ ރަށްތަކަށް ބޭނުންވާ ތަރައްޤީގެ ކަންކަން ހަމަޖައްސަވައިދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ. އޭގެ ތެރެއިން އެރަށުގެ ތަޢުލީމީ ދާއިރާއަށް ބޭނުންވާ ތަރައްޤީ ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ރައްޔިތުންނަށް ދެއްވައިފައެވެ. އަރބަން ސެންޓަރެއްގެ ފެންވަރުގައި އެރަށް ތަރައްޤީވެގެން އަންނައިރު، އެއް ދަންފަޅިއަށް ކިޔަވައިދެވޭނެ ގޮތަށް ތަޢުލީމީ ދާއިރާގެ ކަންކަން ހަމަޖައްސަވައިދެއްވާނޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ ރ. ދުވާފަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ ބްރާންޗެއް ހުޅުވުމުގެ މަސައްކަތް ހަލުވިކަމާއެކު މިހާރު ކުރިއަށްދާ ކަމަށެވެ. މި އަހަރުގެ ޖޫން މަހުގެ ތެރޭގައި އެތަން ހުޅުވި ޚިދުމަތް ދެވެން ފެށޭނެ ކަމަށް ރައިސް ވިދާޅުވިއެވެ.  

ގުޅުންހުރި ޚަބަރު