ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ޑިފެންސްގެ ކާރަކަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުވާކޮށްފި
ޚަބަރު

ޑިފެންސްގެ ކާރަކަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުވާކޮށްފި

އއަހުމަދު މުހައްމަދު23 ޖެނުއަރީ 2025
އެކްސިޑެންޓެއްގައި، ޑިފެންސް މިނިސްޓްރީގެ ކާރަކަށް ލިބުުނު ގެއްލުމަކާ ގުޅިގެން އެ ކާރު މަރާމާތު ކުރަން ހަރަދުވި ފައިސާ، އެކްސިޑެންޓްވި މީހާ އަތުން ހޯދަން އެ މިނިސްޓްރީން ދައުވާ ކޮށްފިއެވެ. ވ. އަފި، މުހައްމަދު ޝިނާޒްގެ މައްޗަށް ޑިފެންސް މިނިސްޓްރީން ކުރި ދައުވާގައި ބުނެފައި ވަނީ، 2023 ވަނަ އަހރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އޭނާ ދުއްވަމުންދިޔަ ސައިކަލުން ޑިފެންސް މިނިސްޓްރީގެ ކާރެއްގައި ޖެހި އެކްސިޑެންޓެއް ހިނގި ކަމަށެވެ. އެ ހާދިސާގައި ކާރަށް ލިބުނު ގެއްލުން މަރާމާތު ކުރުމަށް 3780 ރުފިޔާ އެ މިނިސްޓްރީން ހަރަދު ވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އެ ފައިސާ ދައްކަން ތަކުރާރުކޮށް އެންގުމުންވެސް މުހައްމަދު ޝިނާޒް ދައްކާފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން ސިވިލް ކޯޓަށް ޑިފެންސް މިނިސްޓްރީން ހުށަހެޅި މައްސަލައިގައި ވަނީ އެ ފައިސާހޯދައި ދިނުމަށް އެދިފައެވެ. އެ ދައުވާއާ ގުޅިގެން ސިވިލްކޯޓުން ކުރި ހުކުމުގައި ވަނީ، އެއީ އޭނާ ދައްކަންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި، އަންނަ ފެބްރުއަރީކަމުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް އެ ފައިސާ މިނިސްޓްރީއަށް ދައްކައި ހަލާސްކުރުމަށް ހުކުމްކޮށްފައެވެ.

ގުޅުންހުރި ޚަބަރު