ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ޚިޔާނާތުގެ މައްސަލައެއްގައި އަލްމަޝްއަރާ ދެކޮޅަށް ދައުވާ ކުރަނީ
ޚަބަރު

ޚިޔާނާތުގެ މައްސަލައެއްގައި އަލްމަޝްއަރާ ދެކޮޅަށް ދައުވާ ކުރަނީ

މމުހައްމަދު އަލީ25 ޖެނުއަރީ 2025
އުމުރާ އަށް މީހުން ގެންދާނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާނެގި މައްސަަލައިގައި، ބައެއްގެ މައްޗަށް ދައުވާކޮށްދިނުމަށްއެދި، ޕްރޮސިކިއުޓާޖެނެރަލް (ޕީޖީ) އަށް ފޮނުވައިފިއެވެ. ފުލުހުން ބުނީ، މި މައްސަލައަކީ މިދިޔަ 2024 ވަނަ އަހަރު އުމުރާ އަށް މީހުން ގެންދާނެކަމަށް ބުނެ 27 މީހުންގެ އަތުން 500000 ރުފިޔާ އަށް ވުރެ ގިނަ ފައިސާ ނަގައި މަކަރާއި ހީލަތް ހަދައި ފައިސާ އަށް ހިޔާނާތްތެރިވެފައިވާ މައްސަލައެއް ކަމަށެވެ. މި މައްސަލައިގައި ދައުވާކުރަނީ މަޝައަރު ޕްރައިވެޓް ލިމިޓެޑާއި އެ ކުންފުނީގެ ވެރިޔާ ކ.މާލެ / މ. ހަވީރީފިނި އަލީ ފާރިޝް ގެ މައްޗަށް ކަމަށްވެސް ބުނެފައިވެއެވެ. މީގެ އިތުރުން މި މައްސަލައިގައި ޓްރިއާ ޕްރައިވެޓް ލިމިޓެޑާއި ހާފްޓޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މައްޗަށް ދައުވާކޮށް ދިނުމަށް އެދިފައި ވާ ކަމަށްވެސް ބުނެފައިވެއެވެ. ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމަށް ނަގަންޖެހޭ ހުއްދަ ނެތި އަދި ޢުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލާ ޚިލާފަށް އަލްމަޝްއަރު ޓުއާރސްއިން ޢަމަލުކޮށްފައިވާތީ އެ މައްސަލަ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފުލުހުންނަށް ހުށައެޅީ މިދިޔަ އަހަރު އޭޕްރިލް މަހުގެ 17ވަނަ ދުވަހުއެވެ. އިސްލާމިކް މިނިސްޓްރީއިން ވަނީ އެ ގްރޫޕުން ޢުމްރާއަށް ގެންދިއުމުގެ ހުއްދަ ނެތި ޢުމްރާއަށް ގެންދިއުމާއި އޮޅުވާލައިގެން މީހުން އަތުން ފައިސާ ނެގުމާއި އަދި އެ ގްރޫޕުން ޢުމްރާއަށް ގެންދިޔަ ބަޔަކު ރާއްޖެ ނާދެވި ހާލުގަ ޖެހުނު މައްސައްވެސް ބަލާފައެވެ.

ގުޅުންހުރި ޚަބަރު