ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
މަސްތުވާ ތަކެއްޗާއެކު ފުވައްމުލަކުން މީހަކު ހައްޔަރު ކޮށްފި
ޚަބަރު

މަސްތުވާ ތަކެއްޗާއެކު ފުވައްމުލަކުން މީހަކު ހައްޔަރު ކޮށްފި

މމުހައްމަދު އަލީ25 ޖެނުއަރީ 2025
މަސްތުވާތަކެއްޗާއެކު ފުވައްމުލައް ސިޓީން މީހަކު ހައްޔަރު ކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން ސާޅީސް އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ. އޭނާ އަތުލައިގެންފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނެއްގައެވެ. ފުލުހުންގެ ހައްޔަރަށް އޭނާ ގެނެސްފައިވަނީ މިއަދު ހެނދުނު ދިހަގަޑި ސާޅީސް ފަހެއް އެހައިކަންހާއިރުއެވެ. އެމީހާ ފުވައްމުލައް ސިޓީއަށް މަސްތުވާތަކެތި އެތެރެ ކުރުމަށް މަސައްކަތް ކޮށްފައިވަނީ އެރަށަށް އައި ބޯޓަކުން ގެނައި ފޮށިގަނޑެއްގައި ރައްކާކޮށްގެން ކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހާއާއި ފޮށިގަނޑު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އެއިން މަސްތުވާތަކެތި ކަމަށް "ޝައްކުރެވޭ" އެއްޗެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ޚަބަރު