ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
މީހަކަށް ހަމަލާދިން މައްސަލައެއްގައި ދެމީހަކު ހައްޔަރު ކޮށްފި
ޚަބަރު

މީހަކަށް ހަމަލާދިން މައްސަލައެއްގައި ދެމީހަކު ހައްޔަރު ކޮށްފި

މމުހައްމަދު އަލީ25 ޖެނުއަރީ 2025
ޖަނަވަރީ ފަނަރަ ވަނަ ދުވަހުގެ 08:17 އެހައިކަންހާއިރު ރަތްވިލާމަގުން ދުއްވާފައިދިޔަ ސައިކަލެއްގައި އިން މީހަކށް ބަޔަކު މީހުން ތޫނު އެއްޗަކުން ހަމަލާދީ ޒަހަމަ ކޮށްލާފައިވާ މައްސަލާގައި ދެމީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ވިދާޅުވީ މިމައްސަލާގައި ހައްޔަރު ކޮށްފައިވަނީ ހ. ރޯޒެންޑޭލް، ޞަފްވާން ޒުފްރަތު (29އ) އާއި ށ. ފޭދޫ، އުދަރެސް، ޢަލީ ނާޝީދު (34އ)  ކަމަށެވެ. ދެމީހުން ވެސް ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ވިދާޅުވިއެވެ. ޞަފްވާން ޒަފްރަތު ހައްޔަރުކޮށްފައިވަނީ ޖަނަވަރީ 20 ވަނަ ދުވަހުގެ 21:19 އެހައިކަންހާއިރުއެވެ. ޢަލީ ނާޝިދު ހައްޔަރުކޮށްފއިވަނީ  ޖަނަވަރީ 21 ވަނަ ދުވަހުގެ 01:09 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ގޭންގް ކްރައިމް އިންވެސްޓިގޭޝަނުން ގެންދަނީ  މި މައްސަލަ ތަހުގީގު ކުރަމުންނެވެ.  

ގުޅުންހުރި ޚަބަރު