ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ސައިކަލުގައި ރޯކޮށްލި މީހާ ބުނީ ރާބޮއިގެން ކުރެވުނު ކަމެއް ކަމަށް
ޚަބަރު

ސައިކަލުގައި ރޯކޮށްލި މީހާ ބުނީ ރާބޮއިގެން ކުރެވުނު ކަމެއް ކަމަށް

އއަހުމަދު މުހައްމަދު26 ޖެނުއަރީ 2025
ޖަނަވަރީމަގު، ވެލިގާ ހާޑްވެއާކައިރީގައި ބަހައްޓާފައުހުރި ސައިކަލެއްގައި ރޯކޮލި މައްސަލައިގައި ހައްޔަރުކުރި މީހާ 15 ދުވަހުގެ މުއްދަތަށް ބަންދު ކުރަން ކުރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ. މި މައްސަަލައިގައި ހައްޔަރު ކޮށްފައިވަނީ، ޏ.ފުވައްމުލައް ފުނާޑު، ހެޕީލައިފް ރިލުވާން އަލީއެވެ. އޭނާގެ ބަންދުގެ މުއްދސަތު ޖެހުމަށް މިއަދު ކޯޓުގައި ބޭއްވި ބަންދުގެ އަޑުއެހުމުގައި، ފުލުހުންވަނީ އޭނާ އެ ސަރައްދުގައި އުޅޭތަން ފެންނަ ސީސީޓީވީ ސްނެޕްޝޮޓްތަކާއި، އިންޓެލިޖެންސް ރިޕޯޓް ހުށަހަޅާއިފައެވެ. ނަމަވެސް އަޑުއެހުމުގައި ކުށަށް އިއުތިރާފްވެ އޭނާ ބުނެފައި ވަނީ، އެއީ ބަނގުރާ ބޮއިގެންހުރެ ކުރެވުނު ކަމެއް ކަމަށެވެ. ފުލުހުން ބުނެފައިވަނީ އޭނާއަކީ ކުށްކުރާ ޖަމާއަތަކަށް ނިސްބަތްވާ މީހެއް ކަމަށެވެ. އެހެންކަމުން އެކިއެކި ކުށްތަކާގުޅިގެން ހައްޔަރު ކުރުމާއި ބަންދު ކުރުުގެ ރެކޯޑް އޮތް މިމީހާ 15 ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން ވަނީ އމަުރުކޮށްފައެވެ.

ގުޅުންހުރި ޚަބަރު