ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި އަންހެން މީހާ ދޫކޮށްލައިފި
ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި އަންހެން މީހާ ދޫކޮށްލައިފި

މމުހައްމަދު އަލީ26 ޖެނުއަރީ 2025
މަސްތުވާތަކެތީގެ މައްސަލައެއްގައި ފުވައްމުލައް ސިޓީން މިއަދު ހައްޔަރުކުރި އަންހެން މީހާ ދޫކޮށްލައިފިއެވެ. ފުލުހުން ވިދާޅުވޭ އެމީހާ ދޫކޮށްލީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ކަންކަމާ އޭނާއާ ގުޅުމެއްނެތް ކަމަށް ޔަގީން ކުރެވުމުން ކަމަށެވެ. އުމުރުން ސާޅީސް އަހަރުގެ އެ އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބޯޓަކުން ގެނައި ފޮށިގަނޑެއްގައި މަސްތުވާތަކެތި އެތެރެކުރާ ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޭނާއާއި ފޮށިގަނޑު ބަލައި ފާސްކުރުމަށްފަހު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އެއިން ފެނިގެންނެވެ. "މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު އަންހެންމީހާ ތުހުމަތުކުރެވުނު ކަންކަމާ ގުޅުންނެތްކަން ޔަގީން ކުރެވިފައިވާތީ ހައްޔަރުން ދޫކޮށްލާފައިވޭ،" ފުލުހުން ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ޚަބަރު