ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ވަގު ފޯމުތަކުގެ މައްސަލައިގައި ޑިމޮކްރޭޓުންވެސް ފުލުހަށް
ޚަބަރު

ވަގު ފޯމުތަކުގެ މައްސަލައިގައި ޑިމޮކްރޭޓުންވެސް ފުލުހަށް

އއަހުމަދު މުހައްމަދު27 ޖެނުއަރީ 2025
ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން ބޭނުންކޮށްގެން ވަގަށް ފޯމު ފުރައިގެން ވެރިކަން ހިންގާ ޕީއެންސީ އަށް މެންބަރު ވައްދާ މައްސަލައިގައި ދަ ޑިމޮކްރެޓްސްގެ ފަރާތުންވެސް ފުލުހުންނަށް މައްސަލަ ހުށަހަޅައިފިއެވެ. އެ ޕާޓީގެ ފަރާތުން މިއަދު ފުލުހުންނަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ ދަފުތަރުގައި ތިބި އެ ޕާޓީގެ 700 އެއްހާ މެންބަރުން ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވަގަށް ވައްދާފައިވާ ކަމަށެވެ. އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެ ޕާޓީން ވަނީ ފުލުހުންގެ ކިބައިން އެދިފައެވެ. އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ މެންބަރުން ހިމެނޭގޮތަށް އެތައް ބަޔަކު ޕީއެންސީއަށް ވަގަށް ވައްދާފައިވާ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެ ޕާޓީންވެސް ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅައިފައެވެ. އެމްޑީޕީން ތުހުމަތު ކޮށްފައިވަނީ، އެކަން އެގޮތަށް ކޮށްފައިވަނީ ހޯމް މިނިސްޓަރު އަލީ އިހުސާން އިސްވެ ހުންނަވައިގެންނެވެ. ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ މީޓިން ރޫމެއްގައި އިހުސާން އިންވައިގެން ޕީއެންސީގެ ފޯމުތަކެއް ފުރުމުގެ މަސައްކަތް ކުރިއަށްގެންދާ ފޮޓޯތަކެއްވެސް ސޯޝަލް މީޑިއާގައި ވަނީ ލީކުވެފައެވެ.

ގުޅުންހުރި ޚަބަރު