ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
ރާއްޖެއަށް ހަޝިޝް އޮއިލް އެތެރެކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފި
ޚަބަރު

ރާއްޖެއަށް ހަޝިޝް އޮއިލް އެތެރެކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

އއަހުމަދު މުހައްމަދު28 ޖެނުއަރީ 2025
ރައްޖެއަށް 21 މިލިޔަން ރުފިޔާގެ ހަޝިޝް އޮއިލް އެތެރެކުރަން އުޅުނު ބަޔަކު އަތުލައިގެންފިއެވެ. "ޓައިމްސް އޮފް އިންޑިއާ"އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑިއާގެ ޑިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް (ޑީއާރުއައި) އިން އަތުލައި ގަތީ، ޔޮޓެއްގައި 12 ކިލޯގެ ހަޝިޝް އޮއިލް އެތެރެކުރަން އުޅުނު ހަތަރު މީހެކެވެ. އެމީހުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބުމާ އެކު ޑީއާރުއައި އިން ޓުޓިކޮރިންގެ ޕޯޓު ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަ ކުރިއެވެ. އެގޮތުން ޕޯޓު ސަރަހައްދުގައި މިދިޔަ ބުދަ ދުވަހު ސައިކަލެއްގައި ދިޔަ ދެ މީހަކު ހުއްޓުވައި އެ މީހުންގެ ދަބަސް ބަލައި ފާސްކުރި އިރު، އެއިން 12 ދަޅުގެ ހަޝިޝް އޮއިލް ފެނުނެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، 34 އަހަރާއި 33 އަހަރުގެ ދެ މީހުންނާއި 56 އަހަރުގެ މީހަކާއި 30 އަހަރުގެ މީހެކެވެ.

ގުޅުންހުރި ޚަބަރު