ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ފައިސަލް، ނަތީޖާ ނެރެދެއްވި
ޚަބަރު

ފައިސަލް، ނަތީޖާ ނެރެދެއްވި

އއަހުމަދު މުހައްމަދު29 ޖެނުއަރީ 2025
ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން، އިބްރާހިމް ފައިސަލް ވަނީ ނަތީޖާ ނެރެދެއްވާފައިކަމަށް އޭނާގެ ބައްޕަ، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. ފައިސަލް މިނިސްޓަރުކަމުން ވަކި ކުރެއްވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް މިއަދު ވިދާޅުވީ އޭނާގެ ދަރިފުޅާ މެދު ފަހުރުވެރިވާ ކަމަށެވެ. "އަޅުގަނޑުގެ ދަރިފުޅު އިބްރާހިމް ފައިސަލަށްޓަކައި އަޅުގަނޑާއި އަޅުގަނޑުގެ އާއިލާ ފަހުރުވެރިވަން. ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު ކަމުގެ މަގާމުގައި ހުރެގެން ހިދުމަތް ކުރީ އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު. ނަތީޖާނެރެދެއްކެވި. ދާއިރާގެ އިތުބާރާ ލޯބި ހޯދި. މާތްﷲ ދަރިފުޅު ފައިސަލަށް ސާބިތުކަމާ ކެތްތެރިކަން މިންވަރުކުރައްވާ އުޖާލާ މާދަމާއެއް ދައްކަވާށި. އާމީން،" އަބްދުއްރަހީމް ވިދާޅުވިއެވެ. ފައިސަލް، މިނިސްޓަރުގެ މަގާމުން ވަކިކުރެއްވި ސަބަބެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ފައިސަލް ވަކިކުރައްވައި އެ މިނިސްޓްރީގެ ހިންގުން ވަގުތީ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާ ހަވާލުކުރައްވައިފައެވެ.

ގުޅުންހުރި ޚަބަރު