ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
ފައިސަލް ވަކިކުރަންޖެހޭ ސަބަބެއް ނޯންނާނެ: އަބްދުއްރަހީމް
ޚަބަރު

ފައިސަލް ވަކިކުރަންޖެހޭ ސަބަބެއް ނޯންނާނެ: އަބްދުއްރަހީމް

އއަހުމަދު މުހައްމަދު29 ޖެނުއަރީ 2025
ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުން އިބްރާހިމް ފައިސަލް، ވަކި ކުރަންޖެހޭ ސަބަނެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ފައިސަލްގެ ބައްޕާފުޅު، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ ވިދާޅުވެއްޖެއެވެ. ޓޫރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކުރުމާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ، އެކަމަކީ ވަރަށް ދެރަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކުރެއްވި ކަމެއް ކަމަށެވެ. "އެގޮތަށް ބަދަލުވާންވީ ސަބަބެއް އަޅުގަނޑަކަށް ނޭނގެ، އަޅުގަނޑުގެ ފަރާތުން ހަމަ ގައިމުވެސް ނޯންނާނެ ސަރުކާރަށް ދެރަވާނެ ކަމެއްވެސް ރައީސުލްޖުމްހޫރިއްޔާގެ އަބުރަށް ހުތުރުވާނެ ކަމެއްވެސް، މިކަހަލަ އެއްވެސްކަމެއް ހިނގާފައެއް ނޯންނާނެ،" އަބްދުއްރަހީމް ވިދާޅުވީ، ފައިސަލް ވެސް އަދި އަބްދުއްރަހީމްވެސް ކުރިހާ ކަމެއް ކުރައްވަމުން ގެންދަވަނީ ރައީސް މުއިއްޒު އެދިވަޑައިގެންވި ގޮތަށް ކަމަށެވެ. އެގޮތުން ޓޫރިޒަމްގެ ދާއިރާއިން މިދިޔަ އަހަރަށް ކަނޑައެޅި ލަނޑުދަނި ފައިސަލް ހާސިލް ކުރައްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވީ، މިއީ ފައިސަލްގެވެސް ހިއްސާ އިވެގެން ގެނައި ވެރިކަމެއް ކަމަށާއި، ސަރުކާރާދެކޮޅަށް އޭނާ ކަމެއް ނުކުރައްވާނެ ކަމަށެވެ. ނަމަވެސް ސަރުކާރުގެ ވަޒީރެއްގެ ގޮތުގައި ހުންނަވަނިކޮށް ވަކި ކުރެއްވުމުން، ދެން ސަރުކާރާއެކު އޭނާ ނުހުންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ. ރައީސް ޑރ. މުއިއްޒު ވެރިކަމަށް ގެންނަވަން އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅެއްގެގޮތުން، މިހާރު ރައީސް މުއިއްޒާ ދެމެދު އޮންނަ ގުޅުމާބެހޭގޮތުން އަބްދުއްރަހީމް ވިދާޅުވީ، ރައީސާދޭތެރޭ ގުޅުން ރަނގަޅު ނަމަ އެކަން އެގޮތަށް ނުހިނގާނެ ކަމަށެވެ. "އަޅުގަނޑާއި ރައީސާދޭތެރޭ ގުޅުން ރަނގަޅު ނަމަ މިކަން ހިނގާނެ ކަމަށް ގަބޫލެއް ނުކުރަން، އަޅުގަނޑަކަށް އެއްވެސް ސަބަބެއްނޭނގެ އަޅުގަނޑަށް އެނގޭ ކަމަކީ އެޅުގަނޑުމެން ދެމީހުންގެ ދޭތެރޭގައި މި ވެރިކަން ފެށުނުއިރުއޮތް ގާތްގުޅުމާއި އެ އިތުބާރާއި އެ ޔަގީންކަން އޮތްނަމަ މިގޮތަކަށެއް މިކަން ހިގާނެކަމަށް ގަބޫލެއް ނުކުރަން،"

ގުޅުންހުރި ޚަބަރު