ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ޓްރާންސްފޯމަރުން ވައްކަން ކުރަނިކޮށް ހައްޔަރުކުރީ ނިޔާޒު
ޚަބަރު

ޓްރާންސްފޯމަރުން ވައްކަން ކުރަނިކޮށް ހައްޔަރުކުރީ ނިޔާޒު

އއަހުމަދު މުހައްމަދު30 ޖެނުއަރީ 2025
ރޭ ދަންވަރު މާފަންނު މަދުރަސާ ސަރަހައްދުގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރު ސަބްސްޓޭޝަނަށް ވަދެ، ވައްކަން ކުރަން އުޅެނިކޮށް ހައްޔަރުލުރީ މ. ރޫބީ، ހުސެއިން ނިޔާޒު 36އ. ކަމަށް ފުލުހުން ބުނެފިއެވެ. އޭނާ ހައްޔަރު ކުރީ ރޭ 2:50 އެހާއިރުއެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ. ސްޓެލްކޯއިން މިއަދު ބުނީ އެމީހާ ވައްކަން ކުރަން އެޅެނިކޮށް ފުލުހުންނަށް އެންގީ، ސީސީޓީވީ ކެމެރާއިން ފެނިގެން ކަމަށެވެ. ސްޓެލްކޯއިން ބުނީ، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުން، އެމީހުންގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމެއްކަން ދެނެގަނެ، އެފަދަ އަމަލުތަކުން ދުރުހެލި ވުމަށާއި އަދި ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވާ އެފަދަ ވައްކަންތަކުން ހޯދާ ތަކެތި ވިއްކާ އަދި ގަންނަ ފަރާތްތައްވެސް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް އެންގުމަށް އެދޭ ކަމަށެވެ. މިއީ މިމަހު ސްޓެލްކޯ ޓްރާންސްފޯމަރު ތަކުން ވައްކަން ކުރަން އުޅުނު ތިން ވަނަ ފަހަރެވެ. މިމަހުގެ 11 ވަނަ ދުވަހުވެސް ވަނީ ހުޅުމާލެ ފޭސް 2ގައި ހުންނަ ދެ ޓްރާންސްފޯމަރަށް ގެއްލުންދީފަ އެވެ. އޭގެ އިތުރުން މިމަހުގެ 15 ވަނަ ދުވަހު ހުޅުމާލެ ފޭސް 2، ރީތިގަސްމަގު ބްރިޖު ކައިރީގައި ހުންނަ ސްޓެލްކޯގެ ޓްރާންސްފޯމަރަށް ގެއްލުންދީ ވައްކަން ކުރަން އުޅުނު ދެ މީހަކު ހުއްޓުވައި އެ މީހުން ފުލުހުންނާ ހަވާލުކުރއިރު އެކަން ހުއްޓުވަން މަސައްކަތް ކުރި ސްޓެލްކޯ މުވައްޒަފަކަށް ވަނީ ރެންޗަކުން ހަމަލާދީ މާރާމާރީވެސް ހިންގާފައެވެ. އެ މައްސަލައާ ގުޅިގެން ށ. ބިލެތްފަހި ޗަނބޭލީގެ، އިބްރާހިމް ޒާލިފް 37 އ. މިމަހުގެ 15 ވަނަ ދުވަހުގެރޭ 21:43 ހާއިރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ގުޅުންހުރި ޚަބަރު