ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
ޕީޕީއެމް އުވާލައިފި
ޚަބަރު

ޕީޕީއެމް އުވާލައިފި

މމުހައްމަދު އަލީ30 ޖެނުއަރީ 2025
މިއަދުން ފެށިގެން ޕީޕީއެމް އުވާލައިފި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އެކޮމިޝަނުން ވިދާޅުވީ ޕާޓީ އުވާލާފައިވަނީ ސިޔާސީ ޕާޓީގެ ޤާނޫނު ގެ 30 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެމަތީން ޕީޕީއެމް އުވާލުމަށް އެ ޕާޓީގެ ސެނެޓުން ނިންމައި، ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށް އެ ކޮމިޝަނަށް ހުށަހެޅުމުން ކަމަށެވެ. މިއަދުން ފެށިގެން އެޕާޓީ ވަނީ ސިޔާސީ ޕާޓީގެ ދަފްތަރުން ވެސް އުނިކޮށްފައެވެ. ޕީޕީއެމްއަކީ މިހާރުގެ ވެރިކަން ގެނައުމަށް މަސައްކަތްކުރި ކޯލިޝަންގެ މައިޕާޓީ އެވެ. އެހެންނަމަވެސް ޕާޓީ އުވާލައި މިހާރު ވެރިކަން ކުރަނީ ޕީއެންސީން އެކަންޏެވެ. އެޕާޓީގެ ރައީސަކީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ޗެއާޕާސަން އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ އެވެ.  

ގުޅުންހުރި ޚަބަރު