ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ޕީޕީއެމް އުވާލިޔަސް ކައުންސިލަރުންގެ ގޮނޑި ނުގެއްލޭނެ: އީސީ
ޚަބަރު

ޕީޕީއެމް އުވާލިޔަސް ކައުންސިލަރުންގެ ގޮނޑި ނުގެއްލޭނެ: އީސީ

ޟޟަމްރަތު އަހްމަދު30 ޖެނުއަރީ 2025
ޕީޕީއެމް އުވާލިޔަސް އެޕާޓީގެ ޓިކެޓުގައި ހޮވިފައިވާ ކައުންސިލަރުންގެ ގޮނޑި ނުގެއްލޭނޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އީސީގެ މެންބަރު އަދި ސްޕޯކްސް ޕާސަން ހަސަން ޒަކަރިއްޔާ ވިދާޅުވީ ޕީޕީއެމްގެ ނަމުގައި ކައުންސިލްތަކަށާއި ޑަބްލިޔުޑީސީއަށް ހޮވިފައިވާ މީހުން މިހާރު ތިބޭނީ މިނިވަން ބައެއްގެ ގޮތުގައެވެ. އެ މީހުންގެ ގޮނޑި ގެއްލޭނީ އެހެން ޕާޓީއަކަށް ސޮއިކުރާ ހިސާބުން ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ. "އެންޓި ޑިފެކްޝަން ގާނޫނު ބުނާގޮތުން އެ މީހުން އެހެން ޕާޓީއަކަށް ސޮއިކޮށްފިއްޔާ ގޮނޑި ގެއްލޭނެ. އެހެން ނޫނީ އެމީހުންގެ ގޮނޑި ނުގެއްލޭނޭ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނަނީ،" ޒަކަރިއްޔާ ވިދާޅުވިއެވެ. ޕީޕީއެމް އުވާލިއިރު އެޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައިވާ މެންބަރަކު ނެތެވެ. އެހެންނަމަވެސް ކައުންސިލަރުންނާއި ޑަބްލިޔުޑީސީގެ މެންބަރުން އެބަތިއްބެވެ. އެންޓި ޑިފެކްޝަން ގާނޫނުގައިވާ ގޮތުން އެމީހުންނަށް ދެން އެހެން ޕާޓީއަކަށް ސޮއިނުކުރެވޭނޭއެވެ. އެހެންނަމަވެސް އެމީހުން އެހެން ޕާޓީއަކަށް ސޮއިކުރަން ބޭނުންވެއްޖެ ހިނދެއްގައި ދާންޖެހެނީ ކޯޓަށެވެ. މިކަމަށް ދެން ގޮތެއް ނިންމާނީ ކޯޓުންނެވެ. އެހެންނަމަވެސް އެއްވެސް މެންބަރަކު އަދި ކޯޓަށްދާން ނިންމާފައިވާ ކަމެއް އެނގިފައެއް ނުވެއެވެ. ރާއްޖޭގެ އެންމެ ބޮޑު އެއްޕާޓީގެ ގޮތުގައި އިރެއްގައި އޮތް ޕީޕީއެމް އުވާލައި ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުވާލީ މިއަދުއެވެ.  

ގުޅުންހުރި ޚަބަރު