ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ފަރުދީ މިނިވަންކަމަށް މަސައްކަތްކުރާ މީހުންނަށް ފައްޔާޒުގެ ހިތްވަރު
ޚަބަރު

ފަރުދީ މިނިވަންކަމަށް މަސައްކަތްކުރާ މީހުންނަށް ފައްޔާޒުގެ ހިތްވަރު

މމުހައްމަދު އަލީ31 ޖެނުއަރީ 2025
ފަރުދީ މިނިވަންކަން ކަށަވަރު ކުރުމަށް މިހާރުވެސް ބުރަ މަސައްކަތްތަކެއް ކުރަމުންދާ މީހުންނަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ހިތްވަރު ދެއްވައިފިއެވެ. ޝަހީދުންގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވިއެވެ. "މިހާރު ވެސް ފަރުދީ މިނިވަންކަން ކަށަވަރު ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ހިތްވަރުގަދަ ދިވެހިންގެ މަސައްކަތުގައި ބަރަކާތް ލައްވާށި،" ޝައުބާން މަހުގެ އެއްވަނަ ދުވަހަކީ ޝަހީދުންގެ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރާ ދުވަހެވެ. އެދުވަސް ނިސްބަތްވަނީ  ޝަހީދު އަލީ ރަސްގެފާނަށެވެ. "ޝަހީދުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހާ ދިވެހިންނަށް އަރިސްކުރަން. ދިވެހިންގެ ދީނާއި މިނިވަންކަމުގެ ދިފާއުގައި ޝަރަފުވެރި ޖިހާދުތަކެއް ކުރައްވައި ފުރާނައިން ގުރުބާންވި އަބްޠާލުންނަށް ހެޔޮ ރަހުމަތް ލައްވައި ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާށި،" ފައްޔާޒު ވިދާޅުވެފައިވެއެވެ.  

ގުޅުންހުރި ޚަބަރު