ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
"އެމްއެންޑީއެފްގެ ބަރުހަތިޔާރު ދައްކާލުމުން ލިބުނީ އިތުރު ހިތްވަރެއް"
ޚަބަރު

"އެމްއެންޑީއެފްގެ ބަރުހަތިޔާރު ދައްކާލުމުން ލިބުނީ އިތުރު ހިތްވަރެއް"

މމުހައްމަދު އަލީ31 ޖެނުއަރީ 2025
ރޭ އެމްއެންޑީއެފުން މަގުމައްޗަށް ބަރުހަތިޔާރު ނެރެ ދައްކާލި ދައްކާލުމުން މިރޭ އެމްޑީޕީން ބާއްވާ ހިނގާލުމަށް އިތުރު ހިތްވަރާއި ޖޯޝު ލިބިއްޖެ ކަމަށް އެޕާޓީގެ ގިނަ އެކްޓިވިސްޓުން ބުނެފިއެވެ. އެމީހުން ބުނީ އެމްޑީޕީގެ ޒުވާނުންނާއި އެކްޓިވިސްޓުންނަކީ ބަރުހަތިޔާރަކަށް ޖެހިލުންވާބައެއް ނޫންކަމަށެވެ. "ބިރެއް ސިހުމެއްނެތް ހިތްވަރުގަދަ ޒުވާން އެކްޓިވިސްޓުންތަކަކަށް ޓޭންކަރުތަކާއި އެހެނިހެންބަރު ހަތިޔާރު ދައްކާލުމަށް އެމްއެންޑީއެފުން ނެރުމަކީ މިރޭ ބާއްވާ ހިނގާލުމަށް އަޅައިދިން އިތުރު ހަކަތައެއް. އަހަރެމެންނަކީ އެމީހުން. އެމީހުންނަކީ އަހަރެމެން. މިރޭ ނިކުންނާނީ މިކަންވެސް އެނގިތިބެ، އެމްއެންޑީއެފްގެ މަދަދާއެކު،" އެމްޑީޕީގެ އެކްޓިވިސްޓަކު ބުންޏެވެ. ބައެއް މީހުން ބުނެފައިވަނީ އެމްއެންޑީއެފުން ރޭ ބަރުހަތިޔާރު މަގުމައްޗަށް ނެރެ ކުއްލި ޑްރިލްއެއް ބޭއްވީ މިރޭ އެމްޑީޕީން ބާއްވާ  ހިނގާލުމަށް ހުރަސް އަޅައި ބިރުދައްކަން ކަމަށެވެ. އެހެންނަމަވެސް އެމްޑީޕީއާއި އެޕާޓީގެ އާންމު މެންބަރުންނާއި އެކްޓިވިސްޓުން އެގޮތަށް ނުދެކޭ ކަމަށް އެމީހުން ބުނެއެވެ. "އެމްޑީއެފް/ޕޮލިސް އަބަދުވެސް ތިބޭނީ ރައްޔިތުން ހިމާޔަތް ކުރަން ރައްޔިތުންނާއެކު. އެހެންވީމާ އެމީހުން އަހަރެމެންނަށް ބިރެއް ނުދައްކާނެ. އެމީހުން ދޭނީ ހިތްވަރު،" އެކްޓިވިސްޓަކު ބުންޏެވެ. މިރޭގެ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައި އާޓިފިޝަލް ބީޗު ސަރަހައްދުންނެވެ. އެމްޑީޕީން މިހާރުދަނީ އެންމެފަހުގެ ތައްޔާރީތައް ވަމުންނެވެ.  

ގުޅުންހުރި ޚަބަރު