ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ފަތުރުވެރިކަމުގެ ދައިރާގެ އިންވެސްޓަރުންނަށް ރައްކާތެރި ކަމެއްނެތް: އަހުމަދު އީސާ
ޚަބަރު

ފަތުރުވެރިކަމުގެ ދައިރާގެ އިންވެސްޓަރުންނަށް ރައްކާތެރި ކަމެއްނެތް: އަހުމަދު އީސާ

މމުހައްމަދު އަލީ1 ފެބްރުއަރީ 2025
ފަތުރުވެރިކަމުގެ ދައިރާގައި އިންވެސްޓުކޮށްފައިވާ ފަރާތްތަކަށް މިސަރުކާރުން އެއްވެސް ރައްކާތެރި ކަމެއް ނުދެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު އީސާ ވިދާޅުވެއްޖެއެވެ. މިހާރު އެމްޑީޕީން ބާއްވަމުންދާ ސުލްހަވެރި ހިނގާލުމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ފަތުރިވެރިކަމުގެ ދާއިރާގައި ރައްކާތެރިކަމެއްނެތިވެ އެބޭފުޅުންނަށް ވިޔަފާރި ކުރުމުގެ ފުރުސަތުވެސް ނެތްކަމަށެވެ. އިންވެސްޓަރުންނަށް އެފުރުސަތުނެތް ގައުމެއްގައި އެދާއިރާގައި ވަޒީފާ އަދާކުރާ މީހުންނަށް އޮންނާނީ ކޮންރައްކާތެރިކަމެއްތޯ އޭނާ ސުވާލު ކުރެއްވިއެވެ. މިސަރުކާރުގެ ފުރަތަމަ އެއް އަހަރުތެރޭގައި ރައްޔިތުން ދުވަހަކުވެސް ނިކަމެތިނުވާ ވަރަށް ވަނީ ނިކަމެތިވެފައި ކަމަށް އޭނާ ވިދާޅުވިއެވެ. އީސާ ވިދާޅުވީ ޒުވާނުންނަށް ލިބޭ މުސާރައިގެ 90 ޕަސެންޓު މިހާރު ޚަރަދުކުރަން ޖެހިފައިވަނީ ދުންފަތަށް ކަމަށްވެސް އޭނާވިދާޅުވިއެވެ. ރާއްޖޭގެ އިގްތިސާދާމެދުވެސް ރައްޔިތުން މިހާރުވަނީ ނާއުންމީދު ވެފައި ކަމަށްވެސް ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު