ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ދައުލަތުގެ ސިފަ ގެއްލިއްޖެ، ރައީސް އިސްތިއުފާ ދެއްވާ: ފެނަކަ ސައީދު
ޚަބަރު

ދައުލަތުގެ ސިފަ ގެއްލިއްޖެ، ރައީސް އިސްތިއުފާ ދެއްވާ: ފެނަކަ ސައީދު

މމުހައްމަދު އަލީ1 ފެބްރުއަރީ 2025
ދައުކަތެއްގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިވަނީ ގެއްލިފައި ކަމަށާއި އެހިސާބުން އެންމެ ރަނގަޅުވާނީ ރައީސް މުއިއްޒު އިސްތިއުފާ ދެއްވުން ކަމަށް ގައްދޫ ދާއިރާގެ އެމްޑީޕީ ރައީސް އަދި ފެނަކަ ކުންފުނީގެ ކުރީގެ އެމްޑީ އަހުމަދު ސައިދު މުހައްމަދު ވިދާޅުވެއްޖެއެވެ. އެމްޑީޕީން މިހާރު ކުރިއަށް ގެންދާ "ފުދިއްޖެ-ފުނޑިއްޖެ" ހިނގާލުމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މިސަރުކާރުން ކަމެއް މިސަރުކާރުން ނުކުރާ ކަމަށާއި އެކަން ވަރަށް އަވަހަށް ރައްޔިތުންނަށް އެނގިގެންދާނޭ ކަމަށް އޭނާ ވިދާޅުވިއެވެ. "ކަރަޕްޝަނާއި ވައްކަންކުރުން ނޫން އެހެން ކަމެއް މިސަރުކާރުން ނުކުރޭ. އެކަން ވަރަށްއަވަށް ރައްޔިތުންނަށް އެނގިގެންދާނެ. ކޮރަޕްޝަން ހިންގަނީ ކޮބައެއްކަން ނިކަން އަވަހަށް އެނގިގެންދާނެ،" ސައީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިސަރުކާރުން ވަނީ ނުފޫޒު ބޭނުންކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް ނަގައި މެމްނަރުން ތަޅުއަޅުވާފައި ކަމަށެވެ. ރައްޔިތުން މަގުމައްޗަށް ނުކުންނަން ޖެހުނީ އެފަދަ ކަންކަން އިސްލާހު ކުރުމަށް ސަރުކާރަށް ގޮވާލުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު